ކުއްލި ޚަބަރު

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ކަނޑުހުޅުދޫ އަތޮޅު ސެމީއަށް

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގއ. އަތޮޅު ގްރޫޕް އޭއިން ކަނޑުހުޅުދޫ އަތޮޅު ސެމީ ފައިނަލް ޔަގީންކުރި އިރު، ގެމަނަފުށިންވެސް ބޮޑު މޮޅަކާއެކު އަމިއްލަ ބާރު ހޯދައިފިއެވެ.

ގދ. އަތޮޅުން މިފަހަރު މުބާރާތުގައި ހަތް ޓީމުން ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ ގްރޫޕް ބީގައި ކުޅުނު ދެމެޗުންވެސް މޮޅުވެ، އެ ގްރޫޕްގެ އެއްވަނަ، ދެއްވަދޫން ވަނީ ޔަގީން ކޮށްފައެވެ.

އެ ގްރޫޕުން ދެން ސެމީއަށް ދާ ޓިމު އެނގޭނީ ވިލިނގިއްޔާއި ނިލަންދޫ ބައްދަލުކުރާ މެޗުންނެވެ.

ގްރޫޕް އޭގައި އެންމެ ފޯމު ރަނގަޅުކޮށް އޮތް ކަނޑުހުޅުދޫން ރޭ ދެވަނަ މޮޅެއް ހޯދީ، ދާންދުއާ ވާދަކޮށް، 3-2 އިން މޮޅުވެގެންނެވެ. ފުރަތަމަ މެޗުގައި ތަފާތު ބޮޑުކޮށް މޮޅުވެ ކަނޑުހުޅުދުއަށް ރޭގެ މެޗުގައި ގޯލްތައް ޖަހައިދިނީ އަހްނަފް ޒާހިރާއި އިބްރާހީމް ރައިޝް އަބްދުލް އަޒީޒްގެ އިތުރުން ފަޒްލީން މުހައްމަދެވެ.

ދާންދުއަށް މެޗުގައި ގޯލްތައް ޖަހައިދިނީ މުހައްމަދު މަސްއޫދާއި އަރުޝަމް ސައީދެވެ.

އެ ގްރޫޕުގެ ދެވަނައިގައި މިވަގުތު އޮތީ ގެމަނަފުއްޓެވެ. އެއީ ރޭ ކޮލަމާފުށި ކައިރިން 7-1 ގެ ތަފާތަކުން މޮޅުވެެގެންނެވެ. މެޗުގައި ގެމަނަފުށީގެ އަލީ ޝާޒް ހަބީބު ހަތަރު ގޯލް ޖެހި އިރު، އެޓީމުގެ އަންސާދު ހަސަން ދެ ގޯލް ޖެހިއެވެ. އަދި އަނެއް ގޯލް ޖެހީ ހުސައިން ތައިމްއެވެ.

ކޮލަމާފުށިން ޖެހި ގޯލަކީ ގެމަނަފުށީގެ ޝަހާމަތު ހަނީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ކަނޑުހުޅުދުއަށް ދެން ބާކީ އޮތީ ގެމަނަފުއްޓާ ދެކޮޅަށް ކުޅޭ މެޗެވެ. އެމެޗުން ޕޮއިންޓެއް ހޯދައިގެން ގެމަނަފުއްޓަށް އަތޮޅު ސެމީއަށް ދެވެން އެބައޮތެވެ. އޭރުން އަތޮޅު ސެމީއަށް ދާނީ ކަނޑުހުޅުދުއާއި ގެމަނަފުއްޓެވެ.

އެ ގްރޫޕްގެ ތިންވަނައިގައި އޮތް ދާންދުއަށް މިހާތަނަށް ދެމެޗުން އެއް ޕޮއިންޓް އޮތުމާއެކު، އެޓީމުން ފަހު މެޗުގައި ކޮލަމާފުށި ބަލިކުރި ނަމަވެސް، ސެމީއަށް ދެވޭނީ ގެމަނަފުށި ބަލިވެއްޖެ ހާލަތެއްގައެވެ. އެއީވެސް ގޯލްގެ ފަރަގަށް ބަލައިގެންނެވެ. ކަނޑުހުޅުދުއަށް ގްރޫޕްގެ އެއްވަނަ ގެއްލޭނެ ހަމައެކަނި ހާލަތަކީ އެޓީމުން ގެމަނަފުށި ކައިރިން ބަލިވުމެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަނޑުހުޅުދޫ އާއި ދެއްވަދޫވެސް ފެށުން ރަނގަޅު

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދި ޝިޒާން ކަނޑުހުޅުދޫ ސްކޫލުން ވެސް ލިބުނީ އެއްވަނަ

TTH_advertisement