ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެއެވެ.
އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ކުއްޖާ އުފަންވީ މިއަދު ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ ދަރިފުޅާއި މަންމަގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
މިއީ ސަރުކާރުން ހޯދި ތާރީހީ ކާމިޔާބީއެކެވެ.
މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އާ އުއްމީދެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ވެސް ލިބުނު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ
.މި ކާމިޔާބީ ހާސިލް ކުރުމުގައި އަންހެނުންގެ ހާއްސަ ޑޮޮކްޓަރުންނާއި އެމްބްރޮލޮޖިސްޓުން އަދި ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތް އައިޖީއެމްއެޗުން ފާހަގަ ކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު