ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ހިދުމަތުން ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.
އެނގިފައިވާގޮތުގައި ސަރުކާރަށް 35 އަހަރު ހިދުމަތްކޮށްދެއްވުމަށް ފަހު މި މަހުގެ 29 ހިސާބުގައި އާލީ ރިޓަޔާމަންޓަކުން ވަކިވެވަޑައިގަންނަވާނެއެވެ.
އެޗްޕީއޭގެ އެންމެ އިސްވެރިއަކަށް މައިމޫނާ އައްޔަންކުރެއްްވީ ނޮވެމްބަރު 17، 2016 ގަ އެވެ. އެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އޭނާ ވަނީ ހެލްތު މިނިސްޓްރީގެ އެކި މަގާމްތައް ފުރުއްވާފައެވެ.
މިކަމާ ގުޅޭގޮތުން އެޗްޕީއޭ އިން ވެސް އަދި މައިމޫނާ ވެސް ރަސްމީކޮށް އެއްޗެއް ވިދާޅެއްނުވެއެވެ. އޭނާ މިވަގުތު ހުންނެވީ ޗުއްޓީއެއްގައެވެ.
ކޮވިޑްގެ ދުވަސްވަރު މައިމޫނާގެ ލީޑާޝިޕްގައި ވަނީ ވަރަށް މުހިންމު ކާމިޔާބީތަކެއް ހާސިލުކުރެވިފައެވެ.
ކިޔުންތެރިންގެ ހިޔާލު