ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ކައުންސިލް އިންތިހާބުގެ ޓްރެއިނަރުން ތަމްރީނުކުރަން ފަށައިފި

Izaam

މި އަހަރުގެ އޭޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ “ޓްރެއިނިންގ އޮފް ޓްރެއިނަރސް” (ޓީއޯޓީ) ޕްރޮގުރާމު މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދަނީ މާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިމާރާތުގައެވެ. އިލެކްޝަނުން ބުނީ މި ތަމްރީނުތައް ޖަނަވަރީ 9 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނޭކަމަށެވެ. މި ޓްރެއިނިންގ ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ވެސް ބައިވެރިވެއެވެ.

ޓްރެއިނިންގ ޕްރޮގްރާމަށްފަހު މާލެއާއި، އަތޮޅުތަކުގައި ވޯޓުނަގާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެކަމަށްވެސް އީސީއިން ބުނެއެވެ.

ކޮމިޝަނުން ބުނީ މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނުވާ އޮފިޝަލުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންތިޚާބު އޮންނަން ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގެ މަޤުޞަދަކީ އިންތިޚާބު ކުރިއަށްދާއިރު މާލެއާއި، އަތޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ބެހެއްޓޭ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓުނެގުމާއި ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކިޔައިދިނުމާއި، އެފަރާތްތައް މިމަސައްކަތަށް ތައްޔާރުކުރުމެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީ އިންތިހާބު ބޭއްވުމަށް ތާވަލްކޮށްފައިވަނީ އޭޕްރިލްމަހުގެ 4 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

ކައުންސިލް އިންތިޚާބަށް ކުރިމަތިލެވޭ ވަގުތު އިތުރުކޮށްފި

2

މުއްދަތު ހަމަވިއިރު، ވޯޓާސް ލިސްޓަށް 779 ޝަކުވާ ހުށަހެޅުނު

Election

ކައުންސިލް އިންތިޚާބު: ބޭރުގެ އޮބްޒާވަރުންނަށް ހުޅުވާލައިފި

Election commission

ކައުންސިލް އިންތިޚާބު: ޝަކުވާ ހުށަހެޅުން މިއަދު ހަމަވާނެ

TTH_advertisement