ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ޕީއެސްއެމްގެ ޗެނަލްތައް އެންޑްރޮއިޑް ޓީވީތަކުން ބަލާލެވޭ އެޕެއް ތަޢާރަފްކޮށްފި

ޕީއެސްއެމްގެ ޗެނަލްތައް އެންޑްރޮއިޑް ޓީވީތަކުން ވަގުތުން ބަލާލެވޭނެ ޓީވީ އެޕްލިކޭޝަނެއްކަމަށްވާ ޕީއެސްއެމް އެއާ ޓީވީ އެޕް ތަޢާރަފްކޮށްފިއެވެ.

ޕީއެސްއެމް އެއާ ޓީވީ އެޕް ރަސްމީކޮށް އިފްތިތާޙްކުރެއްވީ، ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެޕްލިކޭޝަން ތަޢާރަފްކުރުމަށް ބޭއްވި ހަފްލާގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަކީބު ވިދާޅުވީ، ޕީއެސްއެމް އެއާ ޓީވީ އެޕަކީ ޕީއެސްއެމްގެ ޚިދުމަތްތައް ހޯއްދަވާ ބޭފުޅުންނަށް ލުއިފަސޭހަގޮތެއްގައި ޗެނަލްތައް ބައްލަވާލެއްވުމަށް ލިބުނު ފުރުސަތެއްކަމަށެވެ.

“އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑުމެންގެ މި އެޕްލިކޭޝަނަކީ ޕީއެސްއެމްގެ ކުޑައިގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯއްދަވާ ބޭފުޅުންނަށް ޚިދުމަތްތައް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑުމެންނަށް ވަރށް ތަނަވަސްކޮން ހުޅުވާލެވުނު ދޮރެއް. މީގެ ލުއިފަސޭހަކަން މި އެޕްކލިކޭޝަން ބޭނުންކުރަން ފެއްޓެވީމަ އިހްސާސްކުރެވޭނެ” ޝަކީބް

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުރެވެގެންވެސް އެންޑްރޮއިޑް ޓީވީތަކުން މި އެޕްލިކޭޝަން މެދުވެރިކޮށް ޕީއެސްއެމްގެ ޗެނަލްތައް ވަގުތުން ބަލާލެވޭނެއެވެ.

މި އެޕްލިކޭޝަންގައި ޕީއެސްއެމްގެ ޗެނަލްތަކުގެ ތެރެއިން ޓީވީއެމް، ޔެސްޓީވީ އަދި ޕީއެސްއެމް ނިއުސް ބަލާލެވޭނެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެ

ނިމުނު 52 ހަފުތާ 2025 ފޮތް ނެރެފި

411714 60953d44 6

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝަކީބު އައްޔަންކޮށްފި

ޕީއެސްއެމްގެ އެމްޑީ ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީއަކަށް

TTH_advertisement