ކުއްލި ޚަބަރު

ތިލަފުށިން ގެއްލިގެން ހޯދަމުންދިއަ މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެ

މާލެ ސަރަހައްދުން 15،000 އަށްވުރެ ގިނަ މަސް ދަޅު ކޭސް ބަހައިފި

އޭއީއެޗްގެ ކެތު ލެބުން ހިދުމަތް ދޭން ފަށައިފި، ދެ ދުވަސްތެރޭ 7 މީހަކަށް ފަރުވާދިން

ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުން މިހާރު ވަގުތުން ރަޖިސްޓަރީކޮށް ވަކިވެވޭނެ: އިލެކްޝަންސް

Ec election commission

ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުންނަށް މިއަދުން ފެށިގެން އެ ޕާޓީއަކުން ވަގުތުން ވަކިވެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ކޮމިޝަނުން ސިޔާސީ ޕާޓީގެ ދަފްތަރުން މެންބަރަކު ވަކިކުރަނީ، ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާއި ޕާޓީން ވަކިވުމުގެ އެންމެހައި ކަންކަން އިތުރަށް ލުއިފަސޭހަކޮށް، އަވަސް ކުރުމުގެ ގޮތުން ބަދަލުތަކެއް ގެނެސް، މިއަދުން ފެށިގެން މި އުސޫލަށް ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ.

މިހާރު އަމަލުކުރަމުން ގެންދާ އުސޫލުތަކަށް ގެނައި ބަދަލުތައް
* ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން ރަޖިސްޓްރީކުރުން
* ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުކަމުން ވަކިވުން
* ސިޔާސީ ޕާޓީއަކުން، އެޕާޓީގެ މެންބަރަކު ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުން

އިލެކްޝަން ކޮމިޝަނުން ވިދާޅުވިީ، ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓްތައް ޕްރޮސެސް ކުރުމަށް ސިޔާސީ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޕާޓީއިން ރިކުއެސްޓް ޕްރޮސެސްކޮށްފައި ނުވާނަމަ، އެފަރާތެއް ޕާޓީގައި ރަޖިސްޓަރީވާނެ ކަމަަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވިީ، ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓް، ވަގުތުން ވަކިވާނޭހެން މިހާރު ބަދަލު ގެނެވިފައިވާ ކަމަށެވެ. އެހެންނަމަވެސް މިކޮމިޝަނުގައި ދަފްތަރު ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުތަކުގައި ތިއްބަވާ މެންބަރުން ޕާޓީއިން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރާނަމަ، ކޮމިޝަނުގައި ދަފުތަރު ކޮށްފައިވާ ސިޔާސީ ޕާޓީގެ އިސްމަޤާމުން ވަކިވުމަށް ހުށަހަޅަންޖެހޭނެ ކަމަށް އިލެކްޝަނުން މައުލޫމާތުދެއެވެ.

މީގެ އިތުުރުން، ޤާނޫނު އަސާސީގެ ދަށުން މަޖިލިސް މެންބަރުން އިންތިޚާބުވާ ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެއެވެ. އަދި ޤާނޫނަށް މިފަހުން ގެނައި އިސްލާޙުގެ ދަށުން ކައުންސިލަރުންވެސް ޕާޓީ ބަދަލު ކުރުމުން ނުވަތަ ވަކިވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެފަދަ ބޭފުޅެއްވިޔަސް ޕާޓީން ވަކިވާން ޕޯޓަލް މެދުވެރިކޮށް އެދުމުން މިއަދުން ފެށިގެން ވަގުތުން ޕާޓީން ވަކިކޮށްދޭނެ ކަމަށްވެސް އިލެކްޝަނުން ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއަކުން، އެޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، ސިޔާސީ ޕާޓީއަށް ދީފައިވާ ސިމެދަ ޕޯޓަލްގެ ލޮގިން މެދުވެރިކޮށް ޕާޓީން ވަކިކުރުމަށް ރިކުއެސްޓު ކުރުމުން ޕާޓީން ވަކިވާނެ ކަމަށްވެސް އިލެކްޝަނުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

ކައުންސިލް އިންތިޚާބަށް ކުރިމަތިލެވޭ ވަގުތު އިތުރުކޮށްފި

election commission

މެނުއަލްކޮށް ފޯމު ބަލައިގަތުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް

Election commission

ކައުންސިލް އިންތިހާބަށް ވާދަކުރަން 1700 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

Election commission

އީސީގެ “ރަށުގެ ކުރިމަގު” ޓިކްޓޮކް މުބާރާތުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި

TTH_advertisement