ކުއްލި ޚަބަރު

މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކުރައްވައިފި

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

އަގު ކަނޑައެޅުމުގައި އަސާސީ އުސޫލަކީ އެ މުދަލެއްގެ މުޢާމަލާތުގެ އަގު: ކަސްޓަމްސް

customs

މުދަލުގެ އަގު ކަނޑައަޅެމުގެ ހަރުދަނާ އުސޫލުތަކެއް މާދަމާއިން ފެށިގެން ޤާއިމްކުރެވޭނެކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ހަރުދަނާކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވުމަށް 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކަސްޓަމްސްއަށް ވެރިފައިބަލް ލިޔެކިޔުމާއެކު އިންވޮއިސްގެ އަގު ފާސްކުރުމަށް ހުށަހަޅާ އަގަށްވުރެ ބޮޑު އަގެއް ކަނޑައަޅާ މައްސަލަ ޙައްލުކޮށްދެއްވުމަށް އެދި ވިޔަފާރިވެރިން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުއްވުމާ ގުޅިގެން އެކަން ޙައްލުކުރުމަށްޓައި މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކަސްޓަމްސްއިން ވިދާޅުވީ ކަސްޓަމްސްގެ ޤާނޫނުގެ 63 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ “އެގްރީމަންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމަންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994” އާ އެއްގޮތްވާ ގޮތުގެމަތިން، މުދަލެއްގެ ކަސްޓަމްސްގެ އަގު ކަނޑައެޅުމުގައި އަސާސީ އުސޫލުކަމަށް ބަލާނީ، އެ މުދަލެއްގެ މުޢާމަލާތުގެ އަގު ނުވަތަ “ޓްރާންސެކްޝަން ވެލިއު” އަށް ބަލައިގެން އަގު ކަނޑައެޅުމަށްކަމަށެވެ. އެހެންކަމުން ވެރިފައަބަލް ލިޔެކިޔުމާއެކު މުދަލުގެ އަގު ކަނޑައެޅުމަށް ކަސްޓަމްސްއަށް ހުށަހެޅުމުން އެ އަގު ޤަބޫލުކުރެވޭނެކަމަށާއި ވެރިފައަބަލް ލިޔެކިޔުން ހުށަހަޅާފައި ނުވާނަމަ އެގްރީމަންޓަށް ރިޔާއަތްކޮށް ކަސްޓަމްސްއަށް ހުށަހެޅި އަގު %25 ވުރެ ބޮޑުކުރަންޖެހިއްޖެނަމަ، ވެރިފަރާތުން ރިކުއެސްޓް ނުކުރި ނަމަވެސް އެ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއިން އިތުރު ބެލުންތައް ބަލާނެކަމަށެވެ. އަދި ވެރިފިކޭޝަން ހެދުމުގެ އިތުރު މަރުޙަލާއެއް ކުރިއަށް ގެންގޮސް، އަގު ރިވިއު ކުރެވޭނެ ހަރުދަނާ ޕްރޮސެސްއެއް މާދަމާއިން ފެށިގެން ޤާއިމުކުރާނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ ބަދަލުކުރާ އަގު، ހުށަހެޅި އަގުގެ %25 ކުޑަނަމަ، މިހާރުވެސް ޢަމަލުކުރާ އުސޫލުން 3 މަރުޙަލާއެއްގައި، އެ އަގު ރިވިއުކޮށްދިނުމަށް ރިކުއެސްޓް ކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

customs

ޑިއުޓީ މައާފުކޮށް އެތެރެކުރި އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ: ކަސްޓަމްސް

ތިރީސް މިލިއަނަށްވުރެ އަގުހުރި ހަޝީޝް އޮއިލް އަތުލައިގަނެފި

customs

މުދާ ކްލިއާކުރުން 24 ގަޑިއިރަށް ބަދަލުކޮށްފި

ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން ލަންކާއަށް 135،700 ރުފިޔާ ހަދިޔާކޮށްފި

TTH_advertisement