ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ދަރިވަރަކަށް ޖިންސީ ގޯނާކުރި ޓީޗަރަކަށް ފަސް ދައުވާ އުފުލައިފި

Mm

އަންހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރަކަށް ގިނަ ދައުވާތަކެއް ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ 13 އަހަރުގެ އަންހެން ކުއްޖަކު ދިރިއުޅޭ ކޮޓަރިއަށް ވަދެ، އެ ތަނުގައި ގިނަ ވަގުތު ހޭދަކޮށް ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މ. ސަދަންބީޗު، ނަބީލު އަބްދުﷲގެ މައްޗަށް މި މަހުގެ 18 ގައި ފަސް ދައުވާއެއް ކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުން
  • އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުން
  • ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން
  • ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައި، އެ ކުއްޖާ ހުންނަ ގެއަށް ނުވަތަ އެ ކުއްޖާ އެ ވަގުތަކު ހުރި ތަނަކަށް ވަނުން
  • ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުން

އެނގިފައިވާ ގޮތުގައި އުމުރުން 46 އަހަރުގެ ނަބީލަކީ އަމީނިއްޔާ ސްކޫލުގެ ޓީޗަރެކެވެ. ހުޅުމާލޭގައި ހުންނަ އެ ދަރިވަރުގެ ގެއަށް މިދިޔަ އޮކްޓޯބަރު 21 ގައި އޭނާ ދިޔައީ ޓިއުޝަން ދިނުމަށެވެ.

އަންހެން ކުއްޖާގެ މަންމަ ކޮޓަރީގެ ދޮރު ހުޅުވުމުން، އޭނާ ފިލަން ވަނީ ފާޚާނާއަށެވެ. އަދި ފާހަނާގެ ދޮރު ހުޅުވުމުން އޭނާ ވަނީ ދުވެ ފިލައިފައެވެ.

އެ މައްސަލައާ ގުޅިގެން ހަމަ އެރޭ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހުދުހުދު
ނަބީލުގެ ފޮޓޯ ޢާންމު ކުރަން ނުފެނޭތޯ?

ގުޅުންހުރި

990

ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

Image 20

ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކު ޖަލަށް

މަންޑޭ 397 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

Izaam

ރޭޕްގެ ދައުވާ ސާބިތުވެ އިޒާމް 15 އަހަރަށް ޖަލަށް

TTH_advertisement