ބަޖެޓް އެއާލައިނެއްކަމަށްވާ ހައިސްކައި އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ބޭނުނުން ކުރަން ފަށައިފިއެވެ.
މިކަމަށްޓަކައި އެމްއޭސީއެލުން ވަނީ ވީއައިއޭގެ އާ ޓާމިނަލްގައި ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ގްރޫޕް ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ.
މި ރަސްމިއްޔާތުގައި ވޮޔޭޖަސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒް މަންސޫރާއި، ހައިސްކައިގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވިއެވެ.

ހައިސްކައި އިން އާ ޓާމިނަލް ބޭނުންކުރުން ފެށުމުގެ ގޮތުން މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވަނީ، އެ ފްލައިޓުން ރާއްޖެ އައި 222 ފަތުރުވެރިންނަށް ސަގާފީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ހައިސްކައި އެއާލައިނާއެކު އާ ޓާމިނަލް ބޭނުންކުރާ އެއާލައިންތަކުގެ އަދަދު ވަނީ 38 އަށް އަރާފައެވެ.ވީއައިއޭގެ އައު ޓާމިނަލްގެ ހިދުމަތް ފަށާފައިވަނީ މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު