ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ލުއިތަކަކާއެކު މީޑިޔާތަކަަށް ދައުލަތުން ފައިސާ ދޫކުރުމުގެ އައު އުސޫލު އާއްމުކޮށްފި

media

މީޑިޔާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އައު އުސޫލު މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވަައިލާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.

މިއަދު ގެޒެޓުގައި ޝާއިއުކުރި އުސޫލަކީ ކުރިން ޔޫތު މިނިސްޓްރީން އެކުލަވައިލި އުސޫލު ބާތިލުކުރުމަށްފަހު ކޮމިޝަނުން މީޑިޔާތަކާ މަޝްވަރާކޮށްގެން އެކުލަވައިލި އުސޫލެކެވެ. އައު އުސޫލުގެ ދަށުން ކުރިން ފައިސާ ލިބުނު މީޑިޔާތަކަށްވުރެ ގިނަ މީޑިޔާތަކަށް ފައިސާ ލިބޭނެ ގޮތަށް ގިނަ ބަދަލުތަކެއް ގެނެސްފަައިވެއެވެ.

އެންމެ މައިގަނޑު އެއް ބަދަލަކީ ދައުލަތުގެ ބަޖެޓުން މީޑިޔާއަށް ދޫކުރާ ފައިސާ ލިބުމަށް ކަނޑައަޅާފައި އޮތް ޝަރުތެވެ. ކުރިން އޮތީ ތިން އަހަރުނުވާ މީޑިޔާތަކަށް ފައިސާ ނުލިބޭ ގޮތަށެވެ. ނަމަވެސް އައު އުސޫލުގައި ބަޔާންކޮށްފަައިވަނީ 1 ޖަނަަވަރީ 2024 ވަނަ އަހަރުގެ ކުރިން ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ މީޑިޔާތައް ފައިސާ ލިބުމަށް ޝަރުތު ފުރިހަމަވާނެ ކަމަށެވެ.

މާކްސްދިނުމުގައި ބަލާނެ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވަނީ މީޑިޔާގެ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި، މީޑިޔާ ނުވަތަ މީޑީޔާ ހަައުސްގެ ކުރިއެރުމަށް ހުށަހަޅާ ކަންކަމާއި، ކޮންޓެންޓުގެ ބާވަތާއި، މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކެވެ.

މީޑިޔާގެ މުއްދަތަށް 10 މާކްސް، މުވައްޒަފުންގެ އަދަދަށް 15 މާކްސް، މީޑިޔާ ކުރިއެރުވުމަށް ހުށަހަޅާ ކަންކަމަށާއި، ކޮންޓެންޓާއި ބާވަތް އަދި މާކްސް ކަނޑައަޅާފައިވާ ގޮތަށް 30 މާކްސް އަދި މުވައްޒަފުންގެ ތައުލީމީ ފެންވރާއި ތަޖުރިބާއަށް ބަލައި 10 މާކްސް ލިބޭ ގޮތަށް އޮތެވެ. އަދި އިދާރީ އިންތިޒާމުތަކަށް 20 މާކްސް ކަނޑައަޅާފައިވެއެވެ.

އުސޫލާއެކު މި ގިންތިތަކުން މާކްސްދިނުމުގައި ގެންގުޅޭނެ މިންގަނޑު ޖަދުވަލުގައި ހިމަނާފައިވެއެވެ. އެ ޖަދުވަލުން ކޮންމެ މިންގަނޑަކުން މާކްސް ލިބޭނެ ގޮތް އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

40 މީޑިޔާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފި

media

ޝަރުތުހަމަވާ 41 މީޑިއާގެ ތެރެއިން 39 މީޑިއާއަކަށް ފައިސާ ދޫކުރަން ފޮނުވައިފި

media

ނޫސްވެރިންނާއި ބްރޯޑްކާސްޓަރުންގެ ސުލޫކީ މިންގަނޑު ޢާންމުކޮށްފި

900

މީޑިއާ ކޮމިޝަނުގެ ނައިބު ރައީސް ކަމަށް ޒަމްއަތު ހޮވައިފި

TTH_advertisement