ކުއްލި ޚަބަރު

ތިލަފުށިން ގެއްލިގެން ހޯދަމުންދިއަ މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެ

މާލެ ސަރަހައްދުން 15،000 އަށްވުރެ ގިނަ މަސް ދަޅު ކޭސް ބަހައިފި

އޭއީއެޗްގެ ކެތު ލެބުން ހިދުމަތް ދޭން ފަށައިފި، ދެ ދުވަސްތެރޭ 7 މީހަކަށް ފަރުވާދިން

ވިޔަފާރިވެރިންނަށް އުފާވެރިކަން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޮޑެތި ލުއިތަކެއް ދެނީ

Image 20

ކުރިއަށް މިއޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޮޑެތި ލުއިތަކެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ސައީދު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ވިޔަފާރިވެރިންނަށް ފައިދާވާނެ އެތައް ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ. އެގޮތުން މީރާ، ކަސްޓަމްސް، އެމްޕީއެލް، އެމްއޭސީއެލް ހިމެނޭހެން އަދިވެސް ވިޔަފާރިއާ ގުޅުންހުރި އެކިއެކި ފަރާތްތަކާ ވާހަކަ ދައްކައިގެން ވިޔަފާރިވެރިންނަށް ލުއިތައް ހަމަޖައްސައިދޭނެ ކަމަށެވެ.

މީގެއިތުރުން އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ހާއްސަ ކޮށްގެން 500 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ސައީދު އިއުލާންކުރެއްވިއެވެ.

“މި ވޭތުވެދިޔަ ދެ އަހަރު، 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާގެ ކުދި ވަނީ ދޫކޮށްފައި މި ލޯނު ސްކީމުގެ ތެރޭގައި އަންހެނުންނަށް ހާއްސަ ލޯނާއި މެރިކަލްޗާ އާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ،” މިނިސްޓަރު ވިދާޅުވިއެވެ.

އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ފާއިތުވި ދެ އަހަރުގެ ތެރޭގައި 13 ބިލިޔަން ރުފިޔާގެ ފައިސާ ފިނޭންސް މިނިސްޓްރީން ދައްކާފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް ބިލިއަން ރުފިޔާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބިލުތަކަށް ދައްކާފައިވާ ފައިސާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކަށް ޓީޓީ ހެދުމަށްޓަކައި ބީއެމްއެލްއިން ދޭ ޑޮލަރުގެ ސަޕޯޓް އިތުރުކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން 2500 އަށްވުރެ ދަށް އަދަދުތަކުގެ ބިލުތަކަށް 50 ޕަސަންޓާ ހަމައަށް އަދި 2500 އާއި، 5000 ދެމެދުގެ ބިލުތައް 30 ޕަސަންޓާ ހަމައަށް ޓީޓީ ހެދުމަށް ރަސްމީ ޑޮލަރު ރޭޓުގައި ބީއެމްއެލް އިން އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

439683 8e74529a d

އެސްއީޒެޑްގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމަނައިފި

778

ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުން ފާހަގަކުރަން: ރައީސް

990

އޮސްޓްރޭލިއާ އަކީ ތަރައްގީގެ ގާތް ބައިވެރިއެއް، އެކަން އަބަދުވެސް ފާހަގަކުރާނަން: ރައީސް

DSC04658

ޕީއެންސީގެ 1300އަށްވުރެ ގިނަ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިޚާބުކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި

TTH_advertisement