ކުއްލި ޚަބަރު

ހުޅުމާލޭގައި 13 އަހަރުގެ ކުއްޖެއް މަރާލި ދައުވާލިބުނު ކުއްޖާއަށް 12 އަހަރުގެ ޖަލު ހުކުމް

އެސްއެމްއީ ޑިޖިޓަލްއިން ވިޔަފާރިތަކަށް ހާއްސަކޮށް “ވެސަލް ފައިނޭންސިންގ” ތައާރަފްކޮށްފި

ކަނޑުތަކާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް އެއްބަސްވުމެއް

ހުޅުމާލޭގައި 13 އަހަރުގެ ކުއްޖެއް މަރާލި ދައުވާލިބުނު ކުއްޖާއަށް 12 އަހަރުގެ ޖަލު ހުކުމް

hulhumale

ހުޅުމާލޭގައި 2021 ވަނަ އަހަރުގެ ޖޫން މަހު އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލައި ފޮށްޓަކަށްލައި، މޫދަށް އެއްލާލި މައްސަލާގައި ދައުވާލިބުނު އޭރުގެ 17 އަހަރުގެ ކުއްޖާއަށް ޖުވެނައިލް ކޯޓުން 12 އަހަރުގެ ޖަލު ހުކުމެއް އިއްވާއިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި މިދިޔަ އަންގާރަ ދުވަހު އިއްވި ހުކުމުގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އަދި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ ވަނީ ސާބިތުވެފައެވެ. ގަސްދުގައި މީހަކު މެރުމުގެ ކުށުގައި 16 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒުކުރަން ޖެހެނީ 12 އަހަރާއި ހަތަރު މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެ އިތުރުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ވެސް ހުކުމުގައި އަންގާފައިވެއެވެ. ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގައި 11 މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގައި 18 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވެއެވެ. ދައުވާ ލިބުނު ކުއްޖާ މިހާރު 18 އަހަރުފުރިފައިވިޔަސް މި ކުށް ކުރީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެކަން ފާހަގަކޮށް އޭނާގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.

މި މައްސަލާގައި އިތުރު ބައިވެރިއެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުންދާތީ އެ މައްސަލަ ނިމުމުން މަރުގެ ދިޔައާ މެދު ގޮތެއް ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް ވެސް ހުކުމުގައި އަންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

117

އެޗްޑީސީގެ އެމްޑީ ޒުހައިރުގެ ރައްދު: ފޭސް 3 ހިއްކަނީ ކުނި އަޅައިގެނެއް ނޫން

990

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި ހިޔާ ފްލެޓުން ދެ މީހަކު ހައްޔަރުކޮށްފި

Whatsapp image 2025 12 21 at 14.50.53

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

Whatsapp image 2025 12 20 at 11.59.56

ފޭސް ތިނަކުން ދޫކުރި 698 ގޯތީގެ ގުރުއަތުލައި ނިމިއްޖެ

TTH_advertisement