ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ފަވަރަ މެދުވެރިކޮށް މިދިޔަ އަހަރު 23 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތްކުރި: މުނައްވަރު

ފަވަރަ މެދުވެރިކޮށް މިދިޔަ އަހަރު 23 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތްކުރި ކަމަށާއި ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާވެ، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިވެގެންދާނެކަމަށް ގަވަރުނަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މިހެން ވިދާޅުވީ، މާލީ ދާއިރާ ތަރައްޤީކުރުމުގެ ހަރަކާތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

“ފާއިތުވި އަހަރު ފަވަރަ މެދުވެރިކޮށް 23 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގާތްގަނޑަކަށް 8 މިލިއަން މުޢާމަލާތް ނިންމާލެވިފައިވެއެވެ. އަދި މިއަދު މި ޢަދަދު ދެގުނައަށް އިތުރުވެ، 48 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ 16 މިލިއަން މުޢާމަލާތް ވަނީ ކުރެވިފައެވެ. މިއީ ޑިޖިޓަލް ފައިސާ ދެއްކުމުގެ ފަސޭހަކަމާއި، ބާރު މިނާއި، ހަރުދަނާކަމަށް އޮތް ޝައުޤުވެރިކަން ދައްކުވައިދޭ ކަމެއް.” މުނައްވަރު

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރ އަޙްމަދު މުނައްވަރު ވަނީ މާލީ ދާއިރާ ހަރުދަނާކުރުމަށް އަދި އެންމެންނަށް ވާސިލްވާނެފަދަ ގޮތަކަށް މާލީ ދާއިރާ ބައްޓަންކުރުމަށް ކުރައްވަމުން ގެންދަވާ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އެގޮތުން މި ދާއިރާއަށް ޒުވާނުންނާއި ސްކޫލް ކުދިން އަހުލުވެރިކުރުމުވަމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.

މާލީ ދާއިރާ ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ތައާރަފްކުރި ފަވަރަ މެދުވެރިކޮށް މިހާތަނަށް ގިނަ އަދަދެއްގެ މުއާމަލާތްތަކެއް ކޮށްފައިވާކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ފަވަރަ މެދުވެރިކޮށް 23 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތްކޮށްފައިވާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ، ޕޭމަންޓް މޯލްޑިވްސްއަކީ ހަމައެކަނި އިންފްރާސްޓްރަކްޗަރއެއް ނޫންކަމަށެވެ. މިއީ މުޅި ޤައުމުގައި ވަގުތުން، ރައްކާތެރިކަމާއިއެކު އަދި ހުރަހެއްނެތި ފައިސާ ދެއްކޭނެ ގޮތްތައް ޤާއިމުކުރުމަށް ބޭންކިންގ އަދި ފިންޓެކްގެ ހިދުމަތްދޭ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރާ އިކޯސިސްޓަމެއްކަމަށެވެ. ޕޭމަންޓް މޯލްޑިވްސްއަކީ ޑިޖިޓަލް ފައިސާ ދެއްކުން ހަރުދަނާކުރުމުގެ މަސައްކަތެއްކަމަށެވެ. މިއީ ޑިޖިޓަލް ފައިނޭންސްއާ އެއްގޮތަށް އީޖާދީ ޚިޔާލުތައް ކުރިއެރުވުމަށް ފަހިކޮށްދޭ މަސައްކަތަކަށް ވެގެންދާނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މި ނިޒާމުގެ ސަބަބުން މާލީ ހިދުމަތްތަކަށް ފުރިހަމައަށް ބައިވެރިވުމާއި، ފައިނޭންސަށް ފަސޭހައިން ވާސިލުވުން އިތުރުވެގެންދާނެކަމަށާއި، މި ނިޒާމުގައި ބޭނުންކުރާ ކުރިއަރާފައިވާ ފަންނުވެރިކަމުގެ ސަބަބުން މާލީ ނިޒާމުގައި އެކި ފަރާތްތަކާ ގުޅިގެން އީޖާދީ ޚިޔާލުތައް ތަރައްޤީކުރުމަށް މަގުފަހިވާނެކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ބޭރު ފައިސާއިން ލިބުނު އާމްދަނީ 37 އިންސައްތަ މައްޗަށް

mira

ޑޮލަރުން ލިބުނު އާމްދަނީ 1.3 ބިލިޔަނަށް

mma

އޮކްޓޫބަރު ނިމުނުއިރު ރިޒާވްގައި ހުރީ 866 މިލިޔަން ޑޮލަރު

finance

ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން މާލީ ޙާލަތަށް ބޮޑު ކުރިއެރުމެއް

TTH_advertisement