ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެ

school darivarun

އަންނަ ދިރާސީ އަހަރުން ފެށިގެން އެއްވެސް ދަރިވަރަކަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލަގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

“ގްރޭޑް 11އާއި ގްރޭޑް 12ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެ. އެޑިއުކޭޝަން މިނިޓްރީން އެބަ ހޯއްދަވާ ލޮކަރ ސިސްޓަމް. ސްކޫލްގައި އެ ލޮކަރ ސިސްޓަމް ބެހެއްޓީމަ ފޯނު ބަހައްޓާނީ އެލޮކަރތަކުގައި. ކްލާސް ގަޑީގައި ކިޔަވައިދެމުންދާއިރު، އެއްވެސް ކުއްޖަކަށް ފޯނު ބޭނުން ނުކުކުރެވޭވެ، ނަމަވެސް ކްލާސް ނިމުނީމަ އަަތަށް ފޯނު ލިބޭގޮތަށް ބަދަލުކުރާނެ” ރައީސް

ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ކަންކަން އިސްލާޙުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލަ ޙައްލުކުރަން ނުވަތަ އެކަން މަނާކުރަން ގިނަ އަދަދެއްގެ ބެލެނިވެރިން އެދެމުންދާކަމަށެވެ.

އެގޮތުން ގެރޭޑް 10 އިން ފެށިގެން ދަށުގެ ދަރިވަރުންނަށް ފޯނު ގެންދިއުން މަނާކުރެވިފައިވީނަމަވެސް އެކަން އެންމެ ރަނގަޅުގޮތުގައި ތަންފީޒުކުރެވެމުން ނުދާކަމަށެވެ. އެހެންކަމުން އަންނަ ދިރާސީ އަހަރުން ފެށުމާއެކު ގްރޭޑް 10އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދޭތޯ ވަރަށް ހަރުކަށިކޮށް ބަލަމުންދާނެކަމަށެވެ. އެހެން ކަމުން ސްކޫލް ގަޑީގައި އެގްރޭޑް ތަކުގެ ދަރިވަރުންނަށް ސްކޫލްގައި ފޯނު ބޭނުން ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އޭލެވެލް ކިޔަވާ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެކަމަށާއި ނަމަވެސް އެދަރިވަރުންގެ ފޯނުތައް ހުންނަށްވާނީ އެކަމަށް ޚާއްސަކުރެވިގެން ސްކޫލްގައި ބަހައްޓާ ލޮކަރެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔަވައިދޭ ގަޑީގައި ކްލާސްރޫމްގައި ފޯނު ބޭނުން ނުކުރެވޭގޮތަށް ކަންކަން އިންތިޒާމު ކުރައްވަމުން ގެންދަވާކަން ސަރުކާރުން ހާމަކުރައްވާފައިމިވަނީ ދާދިފަހުން ރާއްޖޭގެ ސްކޫލެއްގައި ކްލާސް ގަޑީގައި ދަރިވަރުންތަކެއް ފޯނު ގެންގުޅުމާ ގުޅޭ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން ސްކޫލަށް ފޯނު ގެންދިއުމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލާފައިވާ ދަނޑވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް