އަޚުލާގީ މިންގަނޑަށް ވުރެ ދަށްކޮށް ހެދުން އަޅާނީ އުސޫލު ކުރީން އޮތް ގޮތަށް ބަދަލުކުރެއްވުމަށް ސިވިލް ސާވިސް ކޮމިޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފި އެވެ.
“އެހެންވީމަ އަޅުގަނޑަށް ލިބިފައިވާ ބާރާއި ޤާނޫނީ ހަމަތަކުގެ މަތިން ދަންނަވައިފިން ސިވިލް ސާވިސްގައި ކުރިން އޮތް ގޮތަށް އިއާދަކޮށްދެއްވާށޭ,” ރައީސް
އެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ސިވިލްސާރވިސް މުވައްޒިފުން ހެދުން އެޅުމަށް ޚާއްސަ އުސޫލެއް އެކުލަވާލާ އަމަލުކުރަމުން ދަނިކޮށް އެ އުސޫލަށް ބައެއް ބަދަލުތައް ގެނައީ 2010 ވަނަ އަހަރު އެވެ. އެއާއެކު ހެދުން އެޅުމުގައި ހިފެހެއްޓިފައި އޮތް ރިވެތި ބައެއް އުސޫލުތައް ގެއްލުނެވެ.
މިރޭގެ ބައްދަލްވުމުގައި ރައީސް ވިދާޅުވީ އަޚުލާގީ މިންގަނޑަށް ވުރެ ދަށްކޮށް ހެދުން އަޅާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެއީ ބަދަލު ކުރަން ޖެހޭ ކަމެއްގައި ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރީން އުސޫލު އޮތްގޮތް މާ ރަނގަޅު ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެން ކަމުން ކުރީން އޮތްގޮތަށް އުސޫލު ބަދަލު ކުރައްވާ ގެޒެޓްކޮށް ޢަމަލު ކުރަން ފެށުމަށް ދަންނަވާފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މުޖްތަމަޢުގައި ހުރި މިފަދަ ނޭދެވޭ ހުރިހާ ކަމަކަށް ފޯކަސް ކުރައްވާ މައްސަލަތައް ޙައްލު ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު