ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެއްޗާއެކު ވަންދުން ފުލުހަކު ހައްޔަރުކޮށްފި

990

ތ. ވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޒުވާން ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހަކު ހައްޔަރުކުރީ މިއަދު ހިނގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ތ. ހިރިލަންދޫ، ދިލާސާގެ، އުމުރުން 25 އަހަރުގެ މުޙައްމަދު ނަވާޒު ކަމަށެވެ.

އޭނާ ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަންދޫގެ ބަނދަރު މަތިން ކަމަށް ފުލުހުން ބުންޏެވެ.

ނަވާޒު ހައްޔަރުކުރުމަށް ފަހު އޭނާއާއި އޭނާ ގެންގުޅުނު ތަކެތި ފުލުހުން ބަލައި ފާސްކުރިއިރު، އޭނާގެ އަތުގައި އޮތް ބެއާއެއް ބެލިބެލުމުން ފަހާފައި ހުރި ކަމަށް ފާހަގަކުރެވިގެން ބެލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ނަވާޒު ހައްޔަރުކުރުމާ އެކު، ވަޒީފާއިން އޭނާ ސަސްޕެންޑުކޮށް މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ

Iu

ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ތަހުގީގު ކުރަނީ

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް

ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފި