ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލ. ގަމުގެ އިރުން ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

kulli khabaru

ލ. ގަމުގެ އިރުން “އިންޓަރގްރިޓީ ސްޓަރ” ނަމަކަށް ކިޔާ ކާގޯ ބޯޓެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އެންއެމްޑީއެފްއިން އިލްތިމާސްކުރައްވައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ބޯޓު އޮޔާދަނީ ލ. ގަމުގެ އިރުން ގާތްގަނޑަކަށް 48 މޭލު ބޭރުން އުތުރުން ދެކުނަށްކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިފައިވެއެވެ.

މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ، ދަތުރުފަތުރުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Laamu link road

ލާމު ލިންކުގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ.ގަމުން ދެމީހަކު ހައްޔަރުކޮށްފި

Main 20251204 065907

ގަމުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފި

ލ.ގަމުގެ ފެނަކައިގެ އިންޖީނުގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ