ކުއްލި ޚަބަރު

ލ. ގަމުގެ އިރުން ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

އޮޔާ ދިޔަ ދޯންޏެއްގައި ތިބި ބަޔަކު ފުލުހުން ސަލާމަތްކޮށްފި

މޯލްޑިވިއަނުން ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ޓްރެފިކް ގަވާއިދުތަކާއި އުސޫލުތަކަށް އަމަލު ކުރުމަކީ ވާޖިބުކަމެއް: ޚުޠުބާ

hukuru khuthuba

މި ޒަމާނުގައި ހަދާފައިވާ ޓުރެފިކް ގަވާއިދުތަކާއި އުސޫލުތަކަކީ އިސްމާލީ ޝަރީއަތާއި ތަޢާރުޒްވާ އެއްޗެއް ނޫން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

“ތިމާއާއި އަނެއްކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!” މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ ކީރިތި ރަސޫލާގެ ޒަމާނުގައި އިންޖީނުލީ އުޅަނދު ނުހުންނަ ކަމަށާއި، މިހާރު މިހުންނަ ފަދަ ޓުރެފިކް ގަވާއިދުތައް އޭރު ނުހުންނަ ކަމުގައެވެ. އެހެންނަމަވެސް މަގުހިނގާ މީހުންގެ ހައްގުތަކާއި މަގު ބޭނުންކުރާ މީހުން ތަބާވާންޖެހޭ އުސޫލުތަކާއި، ވާޖިބުތައް އޭރުވެސް ހުންނަ ކަމަށާއި، އެގޮތުން އެ ހައްގުތަކާއި ވާޖިބުތަކުގެ ބޭނުމަކީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމުން ކަމުގައި ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

އެއްވެސް މީހަކަށް އަނެކާއާހުރެ އުނދަގުލެއް ފޯރިޔަ ނުދިނުމެވެ. އެ މޭރުމުން ވިސްނާލާއިރު، މިޒަމާނުގައި ހަދާފައިހުރި ޓްރެފިކް ގަވާއިދުތަކާއި އުސޫލުތަކަކީ، އިސްލާމީ ޝަރީއަތާ ތައާރުޒުވާ އެއްޗެއް ނޫނެވެ. އަދި ކިއެއްތަ! އެއާ އެއްގޮތަށް އަމަލު ކުރުމަކީ ވާޖިބުކަމެކެވެ. އެ ގަވާއިދުތަކަކީ ޢާންމު މަސްލަހަތާއި، މީހުންގެ މުދަލާއި، ފަރުދުންނާއި، ޖަމާއަތުގެ ރައްކާތެރިކަމަށްޓަކާ ހެދިފައިވާ އެއްޗަކަށް ވާތީއެވެ. އިސްލާމް ދީނުގައި ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއްވެސް ނެތެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ، ހަދީސުން ސާބިތުބާ ގޮތުގައި މީހަކަށް ގެއްލުމެއް ވާނެކަމެއް ކުރުމަކީ އިސްލާމްދީނުގައި މަނާކަމެއް ކަމުގައެވެ. އެގޮތުން ޓްރެފިކް ގަވާއިދާ ޚިލާފް ވުމަކީ އޭގެ ސަބަބުން ތިމާގެ އަމިއްލަ ނަފުސަށާއި އެހެން މީހުންނަށާއި މުދަލަށް ގެއްލުން ލިބިދާނޭކަމެއް ކަމުން، އިސްލާމީ ޝަރީޢަތުގައި ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ކުރުމަކީ ހުއްދަ ކަމެއް ނޫންކަމުގައި ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru khuthuba

އިސްލާމްދީނަކީ މަސައްކަތްކުރުމަށާއި އުފެއްދުންތެރިކަމަށް ގޮވައިލާ ދީން: ޚުުޠުބާ

hukuru khuthuba

ހަގީގީ ރަހުމަތްތެރިންނަކީ ހެޔޮކަންކަމަށް މަގުފަހި ކޮށްދީ ހެޔޮ ނަސޭހަތްދޭ މީހުން: ޚުޠުބާ

hukuru khuthuba

ކުރިމަތިވެދާނެ ކޯފާ އަކަށް ބިރުވެތިވޭ: ޚުޠުބާ

hukuru khuthuba

މުދައްރިސް ގާތަށް ދަރިވަރު ދާއިރު އަދަބުވެރިވާންޖެހޭނެ: ޚުޠުބާ

TTH_advertisement