ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒަފުން ގުޅިގެން ނޫނީ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ: މުޖުތާޒު

Ii

މިނިސްޓްރީތަކުގެ މަސައްކަތްތައް އެންމެ ރަނގަޅަށް ހިނގާނީ އެ މިނިސްޓްރީއެއް ގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންނާއި، ސިވިލް މުވައްޒަފުން ގުޅިގެން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުޙައްމަދު މުޖްތާޒް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ‘އަހަރީ ރިވިޔު’ ފެށުމަށް މިއަދު ހެނދުނު އެ މިނިސްޓްރީގައި ފެށި އަހަރީ ރިވިއުގެ އިފްތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މުޖުތާޒު ވިދާޅުވީ އެ މިނިސްޓްރީއަކީ ސިވިލް މުވައްޒަފުންނާއި، ސިޔާސީ މުވައްޒަފުން ވަރަށް ގާތްކޮށް ގުޅިގެން މަސައްކަތްކުރާ މުވައްޒަފުންތަކެއް ހިމެނޭ މިނިސްޓްރީއެއް ކަމަށެވެ.

”ސިޔާސީ މުވައްޒަފުންނާއި، ސިވިލް ސަރވިސްގެ މުވައްޒަފުން ގުޅިގެން ނޫން ގޮތަކަށް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ނުދާނެ” މުޖްތާޒް ވިދާޅުވިއެވެ.

ސިވިލް މުވައްޒަފުންނާ މެދު މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ބަހައްޓަވާ ގުޅުން ފާހަގަކުރައްވައި އޭނާ ޝުކުރު އަދާކުރެއްވިއެވެ.

އެ ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަން ޝަރީފް ވިދާޅުވީ މި އަހަރު މިނިސްޓްރީގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ޓްރޭނިންގ ޕްރޮގްރާމްތަކެއް ހިންގިފައިވާ ކަމަށެވެ. އަދި އެ ޓްރޭނިންގ ޕްރޮގްރާމްތަކުގެ ސަބަބުން މިނިސްޓްރީގެ މަސައްކަތުގެ މާޙައުލުގައި ފަހިކަމާއި، ފާގަތިކަން އިތުރުވެގެންދާނެ ކަމަށް ޤަބޫލުފުޅުކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މިނިސްޓްރީގެ ކަންކަން ހަރުދަނާކުރުމަށް ޓަކައި މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިވިލް ސަރވިސް ކޮމިޝަނަށް މުޖުތާޒް އައްޔަންކުރައްވައިފި

TTH_advertisement