ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް ހައުސިން ސްކީމުތަކަށް ކުރިމަތިލެވޭނެ: ރައީސް

Ii

ކުރީގައި ސަރުކާރުން ހިންގި ހައުސިން މަޝްރޫއެއްގެ ތެރެއިން އެއް ކޮޓަރީގެ ފުލެޓެއް ލިބިފައިވާ މީހުންނަށް އެ ފުލެޓު ދޫކޮށްލާ ގޮތަށް މި ސަރުކާރުގެ ހައުސިން ސްކީމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ކުރިއަށްގެންދާ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މިފަދަ ބައްދަލުވުންތަކުގައި ރައްޔިތުން ހިއްސާކުރާ ޝަކުވާތައް ބައްލަވައި ގާނޫނާއި ގަވާއިދުގެ ތެރެއިން ހައްލުކުރެވެން ހުރި ކަންކަން ހައްލުކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް ބޭއްވުވުނު ބައްދަލުވުންތަކުގައި ރައްޔިތުންގެ ފަރާތުން އެމަނިކުފާނާ ހަމައަށް އައިސްފައިވާަ ކަންބޮޑުވުންތައް ހަައްލުކުރެއްވުމުގެ މަސައްކަތުގެ ތެރެއިން ބައެއް ކަންކަން މިހާރު ރައްޔިތުން އެދުނު ގޮތަށް ހަމަޖެހިފައިވާއިރު އަނެއްބައި ކަންކަމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުރީގައި ހިންގި ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް އިތުރު ހައުސިން ސްކީމުތަކަށް ކުރިމަތިނުލެވޭ ގޮތަށް އޮންނަ އޮތުމަކީ، ފާއިތުވި ހުރިހާ ބައްްދަލުވުމެއްގައިވެސް މާލޭ ރައްޔިތުން ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރި ކަމެކެވެ.

އެކަމަށް އިޝާރަތްކުރައްވަމުން ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ދިރާސާއެއް ސަރުކާރުން ކުރިއަށްގެންދެވުމަށްފަހު މިހާރު ނިންމަވާފައިވަނީ މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ހައުސިން ސްކީމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެފަދަ މީހުންނަށް ދިނުމަށް ކަމަށެވެ.

އެގޮތުން މި ސަރުކާރުން ހިންގާ ހައުސިން މަޝްެރޫއުތަކުގައި އަޅަނީ ތިން ކޮޓަރީގެ ފުލެޓުކަމުގައިވާއިރު، އެއް ކޮޓަރީގެ ފުލެޓެއް ކުރީގެ ހައުސިން ސްކީމަކުން ލިބިފައިވާ މީހުންނަށް މި ސަރުކާރުގެ ސްކީމުން ތިން ކޮޓަރީގެ ފުލެޓެއް ލިބިއްޖެނަމަ ކުރިން ލިބުނު އެއް ކޮޓަރީގެ ފުލެޓު ދޫކޮށްލަންޖެހޭނެއެވެ.

ކުރިން އެއް ކޮޓަރީގެ ފުލެޓު ލިބުމުގެ ސަބަބުން އެއަށްވުރެ ޖާގަ ތަނަވަސް ފުލެޓުތަކަށް ކުރިމަތިލުމުން މަހުރޫމުވެފައި ތިބެންޖެހުމަކީ އެއް ކޮޓަރީގެ ފުލެޓު ލިބުނު ވަރަށް ގިނަ މީހުންގެ ޝަކުވާއެކެވެ. ސަރުކާރުން މިގެނައި ބަދަލާއެކު އެ ޝަކުވާއަށް ދާއިމީ ހައްލެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް