ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް އެޅުމަށް ކުޅުދުއްފުށީ ސިޓީން ބިމެއް ކުއްޔަށް ދޫކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބިޒްނަސް ސެންޓަރެއް އެޅުމަށް ކުޅުދުއްފުށީ ސިޓީން ބިމެއް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބީއެމްއެލް އާއި ދެމެދު މިއަދު ސޮއިކޮށްފައިވާއިރު، ސިޓީ ކައުންސިލުން ބުނިގޮތުގައި މި ބިން ބީއެމްއެލްއަށް ކުއްޔަށް ދޫކޮށްފައި ވަނީ 10 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

ކުޅުދުއްފުށީ ސިޓީގެ ބަނޑާރަހިޔާ ސަރަހައްދުން ދޫކުރި މި ބިމުގެ ބޮޑު މިނަކީ 1000 އަކަފޫޓެވެ. މި ބިމުގެ ކުއްޔަކީ މަހަކަށް 5000 ރުފިޔާއެވެ. އެހެންކަމުން މި ބިމުން ސިޓީ ކައުންސިލަށް އަހަރަކު 60،000 ރުފިޔާ، 10 އަހަރުން 600،000 ރުފިޔާ ލިބޭނެއެވެ.

”ލާމަރުކަޒީ ޤާނޫނަށް 16 ވަނަ އިޞްލާހު ގެނެވުނު ފަހުން ބިންގާ އަޅާފައިވާ މި ބިޒްނަސް ސެންޓަރުގެ އެއްބަސްވުމުގައި ސޮއިކުރެވިފައި މިވަނީ، އެ އިޞްލާހާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ނަންބަރު: 20-ޖީ/2025 އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ހުއްދަ ލިބުމުން” ސިޓީ ކައުންސިލުން ބުނެފަވެއެވެ.

ބީއެމްއެލް އިން ކުޅުދުއްފުށީ ސިޓީގައި އެ ބޭންކްގެ ޚިދުމަތް ފަށާފައި ވަނީ 29 ޑިސެމްބަރު 1991 ގައެވެ. އަދި އޭޓީއެމްގެ ޚިދުމަތް ފެށީ 2007 ވަނަ އަހަރުގެ ތެރޭގައެވެ.

ބީއެމްއެލް އިން ވަނީ 25 އޯގަސްޓް 2025 ގައި ކުޅުދުއްފުށީ ސިޓީގައި އެ ބޭންކްގެ ދެވަނަ ބްރާންޗެއް އެޅުމަށް ބިންގާ އަޅާފައެވެ. ބީއެމްއެލްއިން ނިންމާފައި ވަނީ އެތަން ބިޒްނަސް ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ.

ކުޅުދުއްފުށީ ސިޓީން ބީއެމްއެލްގެ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ވެސް ލިބެއެވެ.

ކުޅުދުއްފުށީ ސިޓީގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް