ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ފުވައްމުލަކު މަސް ޕްރޮސެސިން ފެސިލިޓީގެ ޚިދުމަތް ފަށަނީ

މިފްކޯއިން ފުވައްމުލަކު ސިޓީގައި ޤާއިމްކޮށްފައިވާ މަސް ޕްރޮސެސިން ފެސިލިޓީން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

މި ފެސިލިޓީގެ މަސައްކަތް ފަށާފައިވަނީ، 2021 ވަނަ އަހަރުއެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވިދާޅުވީ، ފުވައްމުލަކުގައި މަސް ޕްރޮސެސް ކުރާ ފެސިލިޓީއެއް ޤާއިމްކޮށްފައިވަނީ އެރަށުގެ އައިސް ޕްލާންޓު ސަރަހައްދުގައި ކަމަށެވެ. އަދި މި ފެސިލިޓީއަކީ، ޞިއްޙީ ގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ޚިދުމަތް ދޭ ގޮތަށް ޤާއިމްކޮށްފައިވާ ފެސިލިޓީއެއް ކަމަށާއި، މި ފެސިލިޓީ ހިންގުމަށް އެމްއެފްޑީއޭއިން މިހާރު ހުއްދަ ދީފައިވާ ކަމަށެެވެ.

އެހެންކަމުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ފެސިލިޓީން ފުވައްމުލަކު މީހުންނަށް މަސް ގަނެ ޕްރޮސެސް ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

ފުވައްމުލަކުގައި ޤާއިމްކޮށްފައިވާ މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވުމަށް މިހާރު ތައްޔާރުވެފައިވާއިރު މިފްކޯއިން މިހާރު ދަނީ ފުވައްމުލައް ސިޓީ ބަނދަރުން މަސް ގަންނަމުންނެވެ.

މަސްވެރިކަމުގެ ސިނާޢަތާއި، މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމުގެ އަމާޒުގައި މިފްކޯއިން ދަނީ، އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ. އެގޮތުން ފެލިވަރު ކޭނަރީގެ މަރާމާތްކޮށް، މެއިންޓަނަންސްގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އަދި ގދ. ތިނަދޫގައި ޤާއިމުކުރަން ފަށާފައިވާ މަސް ގަންނަ މަރުކަޒު، 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާ އޮޕަރޭޝަނަށް ގެނައުމަށާއި، އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއަށް ގަތުމުގެ ތައްޔާރީތައްވެސް މިއަހަރު ތެރޭ ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސް ގަތުމުގެ ޙާލަތު ރަނގަޅު ކުރުމަށް އެތަނުގެ ބަނދަރުމަތީގެ މަގުތައް މަރާމާތުކޮށް، ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ރައީސްގެ ނިންމެވުމާ އެއްގޮތަށް އެއް ކިލޯއިން މަތީގެ މަސް 16ރ. އަށް ގަންނަން ފަށައިފި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

Ii

މާދަމާ އިން ފެށިގެން ކިލޯއަކަށްވުރެ މަތީގެ މަސް 16 ރުފިޔާއަށް މިފްކޯއިން ގަންނާނެ: ރައީސް

ފުވައްމުލަކާއި ށ. ފުނަދޫގައި ވޮކޭޝަނަލް އިންސްޓިޓިއުޓްތައް ގާއިމްކުރަނީ

TTH_advertisement