ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހްކޮށްފި

Ii

ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހްކޮށްފިއެވެ.

ގައުމީ ޔުނިވަރސިޓީގެ “2026-2030 ސްޓްރެޓެޖިކް ޕްލޭން އިފްތިތާހްކޮށްދެއްވީ، ގައުމީ ޔުނިވާސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޗާންސެލަރ ޑރ. މަހުމޫދު ޝައުޤީ، އާއި ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމްއެވެ.

ކުރިއަށް 5 އަހަރަށް އެމްއެންޔޫއިން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕެލޭން އިފްތުތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ޝެހެނާޒް ވިދާޅުވީ، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައިވެސް ޔުނިވާސިޓީގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަމަށެވެ.

“އަޅުގަނޑުމެން ކަނޑައެޅި އަމާޒުތަކުގެ ތެރެއިން ގިނަ ކަންތައްތައް ވަނީ ހާސިލްވެފަ. މިގޮތުން ޔުނިވަރސިޓީގެ ހިންގުމާއި ކޮލިޓީ އެޝުއަރެންސް ވަނީ ވަރުގަދަވެ، އިތުރަށް ހަރުދަނާކުރެވިފަ. މުޅި ރާއްޖެއަށް މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރަނީ.” ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

ކުރިއަށް 5 އަހަރަށް އެމްއެންޔޫއިން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕްލޭނަކީ، އެ ޔުނިވާސިޓީގެ ތަސައްވަރާއި ޔުނިވާސިޓީން މުސްތަގުބަލަށް ރޭވިފައިވާ މަސައްކަތްތައް ކަނޑައަޅައި، ހާސިލްކުރަންޖެހޭ ލަނޑުދަނޑިތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

އެމްއެންޔޫގެ އަމާޒަކީ އެންމެން ގުޅިގެން މަސައްކަތްކޮށް ހޯދާފަައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް އެމްއެންޔޫއިން، ދަރިވަރުންނަށާއި ގައުމަށާއި ސަރަަހައްދަށް ކުރިއެރުން ހޯދައިދޭނެ މުސްތަގްބަލެއް ބިނާކުރުންކަމަށް އެ ޔުނިވަރސިޓީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ބެޗެލާ އޮފް ސްޓެޓިސްޓިކްސް ކިޔެވުމުގެ ފުރުސަތު ގައުމީ ޔުނިވާސިޓީން ހުޅުވާލައިފި

990

ކަނޑުތަކާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް އެއްބަސްވުމެއް

ކަނޑުތަކާއި މޫސުމީ ދިރާސާތައް ކުރިއެރުވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

990

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރުމުގެ 10 ފުރުސަތު ހުޅުވާލައިފި

TTH_advertisement