ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ޑޮލަރުން ލިބުނު އާމްދަނީ 1.3 ބިލިޔަނަށް

mira

ނޮވެމްބަރުމަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ %37 އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ނޮވެމްބަރުމަހުގެ ދައުލަތުގެ އާމްދަނީގެ ރިޕޯޓުގައިވާގޮތުން 11 މަސްދުވަސްތެރޭ ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި ހިމެނެނީ 965 މިލިޔަން ޑޮލަރެވެ. މިއަދަދު މިއަހަރުގެ މި މުއްދަތުގައިވަނީ 1.3 ބިލިޔަން ޑޮލަރަށް އިތުރުވެފައެވެ. މިއީ %37ގެ ކުރިއެރުމެކެވެ.

މިއަހަރުތެރޭ ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ޑީޕާޗަރ ޓެކުހާއި، އިންކަމް ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓު ފީ، ޓޫރިޒަމް ލޭންޑު ރެންޑެގެ ގޮތުގައި ލިބިފައިވާ އަދަދެކެވެ.

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ:
– ޓީ- ޖީއެސްޓީ: 636 މިލިޔަން ޑޮލަރު
– ގްރީން ޓެކްސް: 132 މިލިޔަން ޑޮލަރު
– އިންކަމް ޓެކްސް: 131 މިލިޔަން ޑޮލަރު
– ޑިޕާޗަރ ޓެކްސް: 110 މިލިޔަން ޑޮލަރު
– އެއާޕޯޓު ޑިވެލޮޕްމަންޓު ފީ: 112 މިލިޔަން ޑޮލަރު
– ޓޫރިޒަމް ލޭންޑު ރެންޓު: 100 މިލިޔަން ޑޮލަރު

މިއަދަދުތަކުގެތެރެއިން އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ގްރީން ޓެކްސްއަށެވެ. އެގޮތުން މި އަދަދު މިއަހަރުވަނީ 2 ގުނައަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 63 މިލިޔަން ޑޮލަރެވެ.

މީރާގެ ރިޕޯޓުގައިވާގޮތުން ނޮވެމްބަރުމަހު ބަލައިގަތް އާމްދަނީގެތެރޭގައި 103 މިލިޔަން ޑޮލަރު ހިމެނެއެވެ. މި އަދަދު މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގައި ހުރީ 84 މިލިޔަން ޑޮލަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mma

އޮކްޓޫބަރު ނިމުނުއިރު ރިޒާވްގައި ހުރީ 866 މިލިޔަން ޑޮލަރު

finance

ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން މާލީ ޙާލަތަށް ބޮޑު ކުރިއެރުމެއް

mira

މިދިޔަ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާ މިއީ 16.6 ޕަސަންޓުގެ އިތުރުވުމެއް

މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް “ސްޓޭބަލް” އަށް ބަދަލުކޮށްފި

TTH_advertisement