ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ގެއެއްގެ ތަޅުންގަނޑުން ބަޔަކާއެކު މީހަކު އުނަގަނޑާ ހަމައަށް ގަނބައިގެންފި

55

މާލޭގެ ގެއެއްގެ ތަޅުންގަނޑުން ބަޔަކާއެކު މީހަކު އުނަގަނޑާ ހަމައަށް ގަނބައިގެންފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 1:30 ހާއިރު މ. އޭޑީ ރީޑު ނަމަކަށް ކިޔާ ގޭގައެވެ. ހާދިސާ ހިނގަން މެދުވެރިވީ އެގޭގެ އިރަށް އޮތް ގޯތީގައި އިމާރާތް ކުރުމަށްޓަކައި ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފަސްގަނޑު ދޫވެގެންނެވެ.

ގަނބައިގެން ދިޔައީ އެ ގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުން ބައެކެވެ. އެގެއިން ވާހަކަދެއްކި މީހަކު ބުނީ އެ ވަޅުގަނޑަށް ވެއްޓުނު މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މާލޭގައި މީގެކުރިން ވެސް ވަނީ މިފަދަ ހާދިސާތައް ހިނގާފައެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު