ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ހާލުގައި ޖެހުނު ފަރާތްތަކަށް އެހީގެގޮތުގައި މިހާތަނަށް 13 ބިލިއަން ރުޕީސް ދޫކުރެވިއްޖެ: ސްރީލަންކާ ސަރުކާރު

ވިއްސާރައިގައި ގެއްލުން ލިބުނު ސަރަހައްދަކަށް ސްރީލަންކާގެ ރައީސް ޒިޔާރަތް ކުރައްވަނީ:

ތޫފާން “ދިތުވާ” ގައި ހާލުގައި ޖެހިފައިވާ މީހުންނަށާއި، ވިޔަފާރިތަކަށް މާލީ އެހީގެގޮތުގައި މިހާތަނަށް 13 ބިލިއަން ސްރީލަންކަން ރުޕީސް ފޯރުކޮށް ދެވިއްޖެ ކަމަށް ސްރީލަންކާ ސަރުކާރުގެ ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހަރްޝަނާ ސޫރިޔަޕަރުމާ މިކަން ހާމަކުރެއްވީ، މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. ހަރްޝަނާ ވިދާޅުވީ، އެކިއެކި ފަރާތްތަކަށް މިހާތަނަށް ދޫކުރެވުނު މާލީ އެހީއަކީ، ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއާއި އަދި ފިނޭންސް މިނިސްޓްރީން އެކަމަށް ކަނޑައެޅި ފަންޑުން ދޫކުރި ފައިސާ ކަމަށެވެ.

މާލީ އެހީތެރިކަން މިހާތަނަށް ފޯރުކޮށްދެވުނީ، ވިއްސާރައިގައި ގެއްލުން ލިބުނު އަވަށްތަކުގެ އާންމުންގެ ދިރިއުޅުން އާންމު ހާލަތަށް ގެނައުމާއި، އަދި ވިއްސާރައިގައި ގެއްލުން ލިބުނު ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމުގެ މަސައްކަތަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

ވިއްސާރައިގައި ގެއްލުން ލިބުނު އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށް އިންސާނީ އެހީއާއި، ތަކެތީގެ އެހީއާއި، މާލީ އެހީތެރިކަން އެކި ގޮތްގޮތުން އެކި ފަރާތްތަކުން ފޯރުކޮށް ދެމުން ގެންދާ ކަމަށްވެސް، ފިނޭންސް މިނިސްޓްރީގެ ސެކްރެޓަރީ ވިދާޅުވިއެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ދާކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ސްރީލަންކާއަށް އެރި ތޫފާނުގައި ގަދަ ވަޔާއެކު ގުގުރާ ވިދައި ވަރަށް ބޯކޮށް ވާރޭވެހި ސްރީލަންކާގެ އެތައް ރަށެއްގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ އެތައް ހާދިސާއެއްގައި ހިނގައި އެތައް ބަޔަކު  މަރުވެ، އެތައް ބަޔަކު އަދިވެސް ނުފެނެއެވެ.

ސްރީލަންކާއިން ދުނިޔޭގެ އެހީއަށް އެދި ކުރި އިލްތިމާސަށް އިޖާބަދީ، އަވަށްޓެރި ގައުމުތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންސާނީ އެހީއާއި، މާލީ ބޮޑެތި އެހީތައް ފޯރުކޮށް ދެމުން އެބަ ގެންދެއެވެ.

މާލީ އެހީގެ ތެރޭގައި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށާއި، ވިއްސާރައިގައި ގެއްލުން ލިބުނު އެތައްހާސް ގެއަކާއި، އަވަށްތަކާއި ރަށްތައް އަލުން ބިނާކުރުމަށް ދޭ މާލީ އެހީވެސް ހިމެނެއެވެ.

ސްރީލަންކާގެ އެކިއެކި ފަރާތްތަކުން ސަރުކާރަސް ގޮވާލަމުން ގެންދަނީ، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށާއި، ރަށްތައް އަލުން ބިނާކުރުމަށް ލިބެމުންދ އެހީތައް އެތެރެ ފެންނަ ނިޒާމެއްގެ ދަށުން ހޭދަކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޯކޮށް ވާރޭވެހި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ، މައްކާ ޕްރޮވިންސްގެ އެހެން ސިޓީތަކަށްވެސް ވިއްސާރަ

އިތުރު ހަށިތައް ފެނި ލަންކާއިން މަރުވި މީހުންގެ އަދަދު 627 އަށް، މޫސުން ގޯސްވެދާނެކަމުގެ އިންޒާރުވެސް ދީފި

ވިއްސާރައިގައި އޭޝިޔާއިން މަރުވި މީހުންގެ އަދަދު 1،750 އަށް، ބައެއް ގައުމުތަކަށް އަދިވެސް ބޯކޮށް ވާރޭ ވެހެނީ

ގަދަފަދަ ވިއްސާރައިގައި ދެކުނު އިރުމަތީ އޭޝިޔާއިން 1،300 މީހުން މަރު، ލައްކާއިން އެކަނިވެސް 410 މަރު

TTH_advertisement