ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަރަންޓްގައި ޖެހިގެން ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ

stelco

ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗްގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު މިއަދު މަރުވެއްޖެއެވެ.

ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ. ސްޓެލްކޯއިން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

މިދިޔަ މަހުގެ 27 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ސްޓެލްކޯގެ ފިހުނު މުވައްޒަފަށް، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭޑީކޭންވެސް ފަރުވާ ދީފައިވެއެވެ.

އޭނާ އިތުރު ފަރުވާ ދިނުމަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

އެދުވަހު ސްޓެލްކޯއިން ނެރުުނު ނޫސްބަޔާނުގައި ބުނީ އެ މުވައްޒަފުގެ ހާލަތު ސްޓެލްކޯއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. ފިހުނު މުވައްޒަފަށް ފޯރުކޮށްދެވެން ހުރި ހުރިހާ އެހީއެއް އޭނާގެ އާއިލާއާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ކުރިޔަށްގެންދާ ކަމަށް ވެސް ބުންޏެވެ.

“މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅާން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މި ކުންފުނިން މިހާރު މިދަނީ ކުރަމުން. އަދި ހަމަ މިއާއެކު މި ހާދިސާގެ މިނިވަން ތަހުގީގެއް ދިވހި ފުލުހުންގެ ހިދުމަތުންވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއްވެސް މި ކުންފުނިން މިދަނީ ދެމުން.” ސްޓެލްކޯ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

police

މާފަންނުގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަނީ

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި