ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

64 އަހަރުގެ ލޯބިވެރިޔާއަށް ހަމަލާދިން 32 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފި

police

މާލޭގެ ގެއެއްގެ ތެރޭގައި ދެ ލޯބިވެރިއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން މާރާމާރީއެއް ހިންގައި، އޭގެ ތެރެއިން 64 އަހަރުގެ ފިރިހެން މީހާއަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 64 އަހަރުގެ ފިރިހެން މީހާގެ ލޯބިވެރިޔާ ކަމަށެވެ. އެއީ 32 އަހަރުގެ އަންހެނެކެވެ.

އޭނާގެ ބަންދަށް 30 ދުވަސް ކޯޓުން އިތުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ  64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި އަންހެން މީހާއަށް ވެސް އަނިޔާވެފައި ވާތީ، ހޮސްޕިޓަލްގައި ފަރުވާދިނެވެ.

މިހާތަނަށް ބެލިބެލުމުން އެ ދެ މީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ. މާރާމާރީ ހިންގާފައި ވަނީ ދެ މީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ދިގުރަށުގައި ބިދޭސީން ސަލާމަތްކުރަން ޖެހުނީ ގޭގެ ފާރުތަޅާލަން: ފުލުހުން

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި

Iu

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

police

މާފަންނުގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަނީ