ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ ލޯބިވެރިންގެ ދެމެދުގައި މާރާމާރީއެއް، ދެ މީހުން ވެސް އެޑްމިޓްކޮށްފި

police

މާލޭގެ ގެއެއްގެ ތެރޭގައި ދެ ލޯބިވެރިއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން މާރާމާރީއެއް ހިންގައި، އޭގެ ތެރެއިން 64 އަހަރުގެ ފިރިހެން މީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާގައި ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ 32 އަހަރުގެ އަންހެން މީހާ އަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ފުލުހުން ބުނީ މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ  64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި އަންހެން މީހާއަށް ވެސް އަނިޔާވެފައި ވާތީ، މި ދެ މީހުންނަށް ވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިހާތަނަށް ބެލިބެލުމުން އެ ދެ މީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ. މާރާމާރީ ހިންގާފައި ވަނީ ދެ މީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ހުޅުމާލެ ހައިވޭ އިން ދުއްވާފައިދިޔަ އެމްއޭސީއެލްގެ ޕިކަޕެއް ފުރޮޅާލައިފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ