ކުއްލި ޚަބަރު

ޢަދުލުވެރިކަމާއި، އިންސާނީ ކަރާމާތާއި، ހަމަހަމަކަން ދެމެހެއްޓުމުގައި ރާއްޖެ ދެމި އޮންނާނެ: ރައީސް

މާލޭ ސަރަހައްދުގައި ވައި ނުސާފުވެއްޖެ

ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ފުލުސް މީހާ ބުނީ، ގިނަ ދުވަސްތަކެއް ވަންދެން ނުނިދާ ހުރުމުން ހުރީ ހަމައިގައި ނޫން ކަމަށް

ސެލޫނެއްގެ ތެރޭގައި މާރާމާރީ ހިންގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި ފުލުސްމީހާ 5 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އަލީ މަނިކު، 43، އަސަރީވިލާ/ސ. ހިތަދޫ އެވެ.

މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ މާލޭގައި ހުންނަ ސެލޫނަކަށް މީހަކު ވަދެ އެތަނުގައި ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލަ މިމަހު 5 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ފުލުސްމީހާ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ހައްޔަރުކޮށްފައި ހުއްޓާ ވެއްޓި އޭނާގެ ހަރަކާތްތައް ދަށްވުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާތީ ކުރީން ކޯޓަށް ހާޒިރުކުރެވިފައި ނުވުމުން ހޮސްޕިޓަލުން ދޫކޮށްލުމާ އެކު 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް ގާޒީ އައިޝަތު ނުޒުހާ އަމުރުކުރައްވާފައިވެ އެވެ.

އިއްޔެ އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުގައި ބުނެފައިވަނީ އޭނާއަކީ ކުރިން ވެސް އެތަނަށް ދާ މީހެއްކަމަށާއި، ގިނަ ދުވަސްތަކެއް ނުނިދާ ހުރުމުން އެދުވަހު ހުރީ ހަމައިގައި ނޫންކަމަށް ކަމަށް ކޯޓު އަމުރުގައިވެއެވެ.

އޭނާ އަކީ އިތުރު ކުށުގެ ރެކޯޑެއް ނެތް މީހެއް ކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވާއިރު، ބަންދުގެ މުއްދަތަށް ފަސް ދުވަސް ދީފައިވަނީ ވަކީލެއްގެ ފުރުސަތު ބޭނުން ވާކަމަށް ބުނުމުން ކަންވެސް އަމުރުގައި ބުނެފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވިގޮތުގައި ޑިސެންބަރު 6 ވަނަ ދުވަހުން ފެށިގެން އަލީ މަނިކު ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކުރެވިފައިއެވެ.

”އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ދަނީ ތަހުގީގު ކުރަމުން އަދި އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ކުރަމުން.“ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

64 އަހަރުގެ ލޯބިވެރިޔާއަށް ހަމަލާދިން 32 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފި

police

ދެ ލޯބިވެރިންގެ ދެމެދުގައި މާރާމާރީއެއް، ދެ މީހުން ވެސް އެޑްމިޓްކޮށްފި

police

ސިނގިރޭޓް ކާޓަންތަކެއް މަދުވި މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި

990

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަލިފުށީގައި ހާއްސަ މަސައްކަތްތަކެއް

TTH_advertisement