ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ފާހާނާގައި ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ވިޔަފާރީގެ ބޭނުމަށް، ސާފުތާހިރުކަން ކުޑަވާ ގޮތަށް، ފާހާނާގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރުމަން ދިޔަ 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، ރޭ މާލޭގެ ދިލްކުޝާގޯޅީގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގަ އެވެ.

އިމިގްރެޝަން އިން ސޯޝަލް މީޑިއާގައި އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުން އެ މީހުން ތައްޔާރު ކުރަމުން ދިޔަ ކާތަކެއްޗަކީ އާންމު ގޮތެއްގައި ފިހާރަތަކުން ގަންނަން ލިބެން ހުންނަ، ދިވެހިން ކެއުމުގައި ބޭނުން ކުރާ ތަކެތިކަން ފާހަގަކުރެވެ އެވެ. އެގޮތުން ތެލުލިފަތާއި، މަސްމިރުހާއި، ހިކިމަހާއި، މުރުމުރުގެ އިތުރުން ގުޅަ އާއި ލުއިކާނާގެ ވައްތަރުތައް ހިމެނެ އެވެ.

މި ފޮޓޯތަކުން ފެންނަ ގޮތުން ބިދޭސީން ތައްޔާރުކޮށްފައިވާ ތަކެއްޗަކީ “އަލިކޮ އިންވެސްޓްމަންޓް” ބްރޭންޑް ނަމުގައި ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. މި ބްރޭންޑްގެ ތަކެތި އާއްމުކޮށް ކަންމަތީ ފިހާރަތަކުން ލިބެން ހުރެ އެވެ.

ބިދޭސީން މި ތަކެތި ތައްޔާރުކުރަމުން ދިޔައީ އެމީހުން ދިރިއުޅޭ ކުޑަ ކޮޓަރިއެއްގެ ތެރޭގަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެމީހުން އެ ތަކެތި ކެއްކީ ފާހާނާގެ ތެރޭގަ އެވެ. އެތަކެތި ކައްކަން ބޭނުން ކުރާ ސާމާނުގެ އިތުރުން އުނދުން ވެސް ފާހާނާތެރޭން ފެންނަން ހުއްޓެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުން އަންނަ ވިޔަފާރިތައް ރިޕޯޓުކުރުމަށް، މިދިޔަ މަހުގެ 27 ވަނަ ދުވަހު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އެދިފަ އެވެ. މިކަމުގައި އާއްމު ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބެމުން އަންނަކަން ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން، ސާފުތާހިރު ކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ވިޔަފާރިކުރާ ފަރާތްތައް ގިނަކަން ފާހަގަކުރެވޭ ކަމަށް ޓާސްކް ފޯސްއިން ބުނެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 8،609 މީހުން މިދިޔަ ދެ އަހަރު ތެރޭގައި ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

778

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Amaan

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

އަހަރުގެ މިހާތަނަށް ދެ ކްރޫޒްލައިން، ރާއްޖެއަށް 1056 ފަތުރުވެރިން

Amaan

ހުޅުމާލެއިން ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

TTH_advertisement