ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

130 ޑްރަގް މައްސަލާގައި ހިމެނޭ ޝަހީބަށް އިއްވި ހުކުމް އިސްތިއުނާފުކޮށްފި

Mm

ރާއްޖެއަށް 130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބު އިބްރާހިމަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މިއީ ރާއްޖެއަށް މި ފަހުން ފެންމަތިވި ޑްރަގްގުގެ އެންމެ ބޮޑު މައްސަލައެވެ.

އޮކްޓޯބަރ 2020 ގައި ޝަހީބު ހިމެނޭހެން 7 މީހަކު ހައްޔަރުކުރީ ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައެވެ. އެއަށްފަހު އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓިއެވެ. އޭގެ ފަހުން ބައެއް މީހުން ބަންދުން ދޫކޮށްލާފައިވެސްވެއެވެ.

މި މައްސަލައިގައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މީހުން:

  • ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހިމް
  • ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާ
  • ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު
  • ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން
  • ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އިގުބާލް
  • ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު ރިޔާދު

މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް، ޖުވެނަލް ކޯޓުން ވަނީ އެ މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅައިފައެވެ.

ފުލުހުން ބުނީ އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އިސްކޮށް އުޅެފައި ވަނީ ޝަހީބާއި އަހްމަދު މޫސާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

Image 20

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހައިކޯޓުގެ ފަނޑިޔާރު ހުޒައިފާ ހަމަޖައްސައިފި

990

ހައިކޯޓުގެ ފަނޑިޔާރުކަމުން ނިޔާޒް ރިޓަޔާކުރައްވައިފި

Dd

ހައިކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފި

TTH_advertisement