ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަނީ އުމަރު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

55

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ހުސައިން ސަނީ އުމަރު 30 ދުވަހަށް ރިމާންޓް ޖަލެއްގައި ބަންދުކުރަން ކްރިމނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާއެކު ސަނީ އުމަރު ރާއްޖެ ދޫކޮށް ދިޔައެވެ. އެކަމަކު އޭނާ ރާއްޖެ އައުމާއެކު އެއާޕޯޓުން ފުލުހުންގެ ކާރެއްގައި ވަނީ ތަހުގީގަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ސުވާލުކުރުމަށްފަހު ދޫކޮށްލުމުން އޭނާ ވަނީ މާސްކުއަޅައި ސިފަ އޮޅުވާލައިގެން އަވަށްޓެރި ސްރީލަންކާއަށް ފުރަން މަސައްކަތްކޮށްފައެވެ.

އޭނާ ހައްޔަރުކުރީ އެއާޕޯޓްގައި ހުއްޓައެވެ. އެފަހަރު ހައްޔަރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައި ވަނިކޮށް ފިލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

އެ މައްސަލާގައި ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލުމަށްފަހު ޖިންސީ ގޯނާގެ މައްސަލައިގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ ތަހުގީގުގަށް ކުރިއެރުން ލިބެމުންދާ ވަރަކަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ހުށަހަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި

Mussss

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި