އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ލޭބާ ސެންޓަ އޮފް ދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގައި (ލޭބާ ސެންޓަރު) ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ، ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެކަމަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ލޭބާ ސެންޓަރުގެ ސްޓެޓިއުޓްގައި ރާއްޖޭން ސޮއިކޮށް، ތަސްދީގު ކުރުމަށް ވެސް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައގެންފައިވެއެވެ.
އެކަމާބެހޭ ގޮތުން ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ، 10 ނޮވެންބަރު 2025ގައި ބޭއްވި ވަޒީރުންގެ މަޖިހިލީހުގެ ޖަލްސާގައި މަޝްވަރާކުރުމަށްފަހު ލޭބާ ސެންޓަރުގައި ބައިވެރިވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ލޭބަރ ސެންޓަރަކީ، ގާނޫނީ ގޮތުން ވަކި ޝަހުސެއްކަމަށް ވާތީ، އެ ސެންޓަރުގައި ބައިވެރި ވެވޭނީ އެތަނުގެ ގަވަނިންގ ޑޮކިއުމެންޓުގައި ސޮއިކޮށް ތަސްދީގު ކޮށްގެން ކަމުން، ގާނޫނުގައިވާ ގޮތުގެ މަތިން އެ މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
އޯއައިސީގެ ލޭބަރ ސެންޓަރުގެ ދުތަކުގެ ތެރޭގައި އެ ސެންޓަރުގެ މެންބަރު ގައުމުތަކުގެ މެދުގައި އެކަށީގެންވާ މަސައްކަތު މާހައުލެއް ގާއިމުކުރުމާއި، ވަޒީފާގެ ފުރުސަތުތައް ފަހިކުރުމުގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުން ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު