ކުރުނބާ ފަނި ވިއްކާ ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުުހުން މިއަދު ބުނީ އެ މުއައްސަސާ އާއި އިމިގްރޭޝް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކޮށް، ބަންގްލަދޭޝް ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
“މިތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބާ، އަދި ހުސްފުޅިތަކެއް ފެނިފައިވޭ. މިތަނަކީ ކުރުނބާ އަދި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދާ ތަނެއްކަން ވަނީ ފާހަގަކުރެވިފައި.” ފުލުހުން
ރާއްޖޭގައި ގަވައިދާ ހިލާފަށް ދިިއިއުޅޭ ބިދޭސީންނާއި ގަވައިދާ ހިލާފަށް ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގާ ބިދޭސީން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރިޔަށްގެންދެއެވެ. އަދި ރާއްޖޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އިކޮނޮމިކް މިނިސްޓްރީން ފާއިތުވި ނޮވެމްބަރު 27 ގައި ވަނީ އިއުލާނުވެސް ކޮށްފައެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ވިޔަފާރިކުރަމުން ގެންދާކަމުގެ ޝަކުވާ ސަރުކާރުގެ އިދާރާތަކަށް އަބަދުވެސް ލިބެމުންދާ ކަމަށެވެ. އެގޮތުން ދެ ގޮތަކަށް ގަވައިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާކަން އެ މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށެވެ.
އެ ދެގޮތަކީ، ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީ ވިޔަފާރިތަކެވެ.
ކިޔުންތެރިންގެ ހިޔާލު