ކުއްލި ޚަބަރު

މާލޭގެ ބާޒާރުމަތީގައި އެސްޓީއޯގެ އާ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި

ވިލާ ގްރޫޕުން ލަންކާގެ ރައްޔިތުންނަށް 100،000 ޑޮލަރު ހަދިޔާކޮށްފި

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށައިފި

ދައުރު ފުރިހަމަކުރައްވާ ނައިބު ރައީސުންނަށް އިނާޔަތުގެ ގޮތުގައި 30،00 ލިބޭނެ

faisal VP

ދައުރު ފުރިހަމަކުރެއްވި ނައިބު ރައީސުންނަށް ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައި ހުށަހެޅި 25،000 ރުފިޔާ، 30،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު އެ ނިންމުން ފާސްކޮށްފިއެވެ.

އެގޮތުން މިދިޔަ ބުރާސްފަތީގައި ހުށަހެޅި ބިލްގައި ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމާބެހޭ މާއްދާއެއް ގާނޫނަށް އިތުރުކުރަން ހިމެނި އިރު، އޮތީ 25،000ރ. އިނާޔަތެއް ދިނުމަށެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ބިލް ދިރާސާކޮށް ފާސްކުރީ އެ އަދަދު 30،000ރ. އަށް ބޮޑުކޮށްފަ އެވެ.

މީގެ ކުރިން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އެއްވެސް އިނާޔަތެއް ދޭ ގޮތަށް ގާނޫނަކު ނޯވެ އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ ފަރާތްތަކަށް ވެސް އިނާޔަތްދޭން ޖެހޭނެ ކަމަށް ޝާޑު ހުށަހެޅުއްވި އިސްލާހުގައި އޮތީ ހިމަނައިފައެވެ. އެގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުން ދަައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް، ނައިބުރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

މިހާތަނަށް ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ފައިސަލް ނަސީމެވެ.

އެހެންކަމުން މި ގާނޫނުގައި ބަޔާންކުރާ އިނާޔަތް ލިބިވަޑައިގަންނަވާނީ ވެސް ފައިސަލަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

faisal VP

ނައިބު ރައީސުންގެ އިނާޔަތް 30،000 ރުފިޔާއަށް ބޮޑުކޮށް ބިލް ކޮމިޓީން ފާސްކޮށްފި

presidents raees

ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދޭ ފައިސާ އުނިކުރަން ހުށަހަޅައިފި

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

majilis

އަތޮޅު ކައުންސިލް އުވާލަން ހުށަހެޅި އިސްލާޙު ފާސްކޮށްފި

TTH_advertisement