ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއިޑްސް ނައްތައިލުމަކީ ހުރިހާ ގައުމެއް ހިއްސާވާ ބައިނަލްއަގުވާމީ ޒިންމާއެއް: ރައީސް

raeees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އެއިޑްސް ބަލި ނައްތައިލުމަކީ ހުރިހާ ގައުމެއް ހިއްސާވާ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަހަށް ހާއްސަކޮށްފައިވާ ތީމަކީ ތުރާތަކުން އަރައިގަނެ، އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތް ބަދަލުކުރުމެވެ.

ރައީސްގެ ޕޯސްޓުގައި އެމަނިކުފާނުވަނީ މި އަހަރު ރާއްޖެއަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ “ޑަބްލިއުއެޗްއޯ”އިން ކަނޑައަޅާފައިވާ، ޓްރިޕްލް އެލިމިނޭޝަން ނުވަތަ މަންމައިންގެ ގައިން ދަރިންގެ ގައަށް އެޗްއައިވީއާއި ސިފިލިސްއާއި ހެޕަޓައިޓިސް ބީ އެރުން މުޅިން ނައްތައިލެވިފައިވާ ފުރަތަމަ ގައުމަށް ވެވިފައިވާކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ “ޓްރިޕްލް އެލިމެނޭޝަން”ގެ މުހިއްމު މަގުފާހަގަ ދިވެހިރާއްޖެއަށް ހާސިލުކުރެވުން ދައްކުވައިދެނީ އެންމެނަށް ބޭސްފަރުވާއަށް ވާސިލުވެވޭނެ މަގު ފަހިކޮށް، ރަނގަޅު ބޭސްފަރުވާ ހޯދައިދިނުމަށް ދިވެހި ދައުލަތުން ކުރާ މަސައްކަތް ކަމަށެވެ.

އަދި މިކާމިޔާބަކީ ބޯޑަރުތައް ހުރަސްކޮށް އެކި ގައުމުތަކާ ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ކުރެވުނު މަސައްކަތާއި، އިލްމު ބަދަލުުކުރުމާއި، ގުޅިގެން އެކުއެކީ އީޖާދީ ގޮތެއްގައި ކުރެވުނު ތަފާތު މަސައްކަތްތަކުން ހާސިލުކުރެވުނު ނަތީޖާއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި 2030 ވަނަ އަހރަށް އަމާޒު ހިފާއިރު، ހުރިހާ އެންމެން ގުޅިގެން އަދުލުވެރި ގޮތެއްގައި ބޭސްފަރުވާ އެންމެންނަށް ލިބޭނެކަން ކަށަވަަރުކޮށް، ބައެއް ބަލިތަކާ ގުޅިފައިވާ ލަދުވެތިކަން ނެތިކޮށްލައި، އެންމެހައި ފަރުދުންގެ ކަރާމާތް ނެގެހެއްޓުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި