ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރަށް އަލަށް އިތުރު ކުރެވުނު އެއް އުޅަނދަކީ ފްލޯޓިންގ ބޭސްއެއް

އީރާން ނޭވީ ޑޭ ފާހަގަ ކުރުމަށް ބޭއްވި އިހުތިފާލުގެ ތެރެއިން:

އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރަށް އަލަށް ކަމިޝަން ކުރެވުނު ބާރުގަދަ ދެ އުޅަނދު ދައްކާލައިފިއެވެ.

މި އުޅަނދުތައް ދައްކާލާފައިވަނީ ހޮނިހިރު ދުވަހު އީރާނުގައި ފާހަގަކުރި ކަނޑުގެ ސިފައިންގެ ދުވަހުގެ އިހުތިފާލުގެ ތެރޭގައެވެ. އިހުތިފާލު ބާއްވާފައިވަނީ އީރާނުގެ ދެކުނުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ބަންދަރު އައްބާސްގައެވެ.

ކަނޑުގެ ސިފައިންގެ ލަޝްކަރަށް އަލަށް އިތުރު ކުރެވުނު އެއް އުޅަނދަކީ، ފްލޯޓިން އެއަރބޭސް އެކެވެ.

“ކޯރޑެސްތާން” ގެ ނަމުން ނަން ދީފައިވާ މި ބޭސްއަކީ، ހެލިކޮޕްޓަރުތަކާއި، ޑްރޯންތަކާއި، ބޯޓުތައް އުފުލޭ ގޮތަށް ހަދާފައިވާ ބިޔަ މަނަވަރެކެވެ.

މިއީ ކަނޑުމަތީގައި ހަރަކާތްތެރިވާ ކަނޑުގެ ސިފައިންގެ އެހެން ބޯޓު ފަހަރަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް ދެވޭގޮތަށް ތައްޔާރު ކޮށްފައިވާ ބޯޓެކެވެ. މާނައަކީ ކަނޑުގެ ސިފައިންގެ އޮޕަރޭޝަންތަކާއި، އަދި އަސްކަރީ އެހެން އޮޕަރޭޝަންތަކުގައިވެސް މި އުޅަނދުގެ ބޭނުން ކުރެވޭނޭ ކަމެވެ.

މި ފްލޯޓިން ބޭސްއަކީ މިސައިލް ހަރުކޮށްފައިވާ އުޅަނދެއްވެސް މެއެވެ. ހަނގުރާމައިގެ ހާލަތުގައި ހަމަލާދިނުމަށްވެސް މި އުޅަނދު ބޭނުން ކުރެވޭނެއެވެ.

މިއީ، ކުރިން ޓޭންކަރެއްގެގޮތުގައި ބޭނުންކުރި އުޅަނދެއް މޮޑިފައިކޮށްގެން އުފައްދާފައިވާ ފްލޯޓިން ބޭސްއެކެވެ.

ކަނޑުގެ ސިފައިންގެ ގާބިލްކަން އިތުރު ކުރުމުގެގޮތުން ހޮނިހިރު ދުވަހު ލަޝްކަރަށް އިތުރު ކުރެވުނު ދެވަނަ އުޅަނދަކީ “ސަހަންދް” ނަމަކަށްކިޔާ އުޅަނދެކެވެ.

މިއީވެސް ކުރިން ބޭނުންކުރުމަށްފަހު އަލުން މޮޑިފައިކޮށްގެން ތަރައްގީ ކޮށްފައިވާ އުޅަނދެކެވެ.

މި އުޅަނދުތައް ކަމިޝަން ކުރުމަށް ބޭއްވި އިހުތިފާލުގައި ވާހަކަ ދައްކަވަމުން އީރާނު އަސްކަރިއްޔާގެ ކޮމާންޑަރ އިން ޗީފް މޭޖަރ ޖެނެރަލް އާމިރު ހާތަމީ ވިދާޅުވީ، އީރާނު ދިފާއުކޮށް އަދި އީރާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް އީރާނުގެ ފައުޖުތަކުން ކުރާނޭ ކަމަށެވެ.

ދުޝްމަނުން އީރާނަށް ހަމަލާ ދޭން ދެކަށް އީރާނު މަޑު ނުކުރާނޭ ކަމަށާއި، އީރާނުގެ ގައުމީ މަސްލަހަތަށް ނުރައްކާވާ ކޮންމެ ފަދަ ވަގުތެއްގައި އަދި ކޮންމެ ތަނެއްގައިވެސް އީރާނުން ފިޔަވަޅު އަޅާނޭ ކަމަށްވެސް ކޮމާންޑަރ އިން ޗީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

އަވަސްއަރުވާލައިގެން އީރާނަށް ހަމަލާދޭކަށް ނޫޅެން: އެމެރިކާގެ ރައީސް ޓްރަމްޕް

ޓްރަމްޕް އީރާނަށް ދޫނުދިން، އީރާނުންވެސް ދޫނުދޭ، މާދަމާއަށްފަހު އީރާނަށް ހަމަލާދޭން ފަށާފާނެ

TTH_advertisement