ކުއްލި ޚަބަރު

އާދީއްތަ ދުވަހުން ފެށިގެން ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ

ސަރުކާރުގެ ސިޔާސަތުތަކާއެކު ރާއްޖޭގެ އިޤްތިސާދީ މިސްރާބާ މެދު އަލުން އިތުބާރު ބޮޑުކުރެވިއްޖެ: ޒަމީރު

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރުމުގެ 10 ފުރުސަތު ހުޅުވާލައިފި

ބިދޭސީން ޤާނޫނާއި ޚިލާފަށް ވިޔަފާރިކުރާނަމަ ރިޕޯޓްކުރަން އެދިއްޖެ

ބިދޭސީން ރާއްޖޭގައި ޤާނޫނާއި ޚިލާފަށް ވިޔަފާރިކުރާ މައްސަލަ ބޮޑުވެފައިވާކަމަށާއި، އެގޮތަށް ވިޔަފާރިކުރާނަމަ ރިޕޯޓް ކުރަން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ.

އެ ވުޒާރާއިން ގެޒެޓުގައި މިއަދު އާއްމުކުރި މަޢުލޫމާތުގައި ބުނީ، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާ ކަމަށެވެ.

އެގޮތުން، ޤަވާޢިދާ ޙިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް މިނިސްޓްރީއަށް ފާހަގަކުރެވެއެވެ.

ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް
ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް
ބޮޑުވެފައިވާ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ކުރަމުންގެންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން 2024 އޮގަސްޓް 22 ގައި ފާސްކުރައްވައި، ސަރުކާރުގެ ގެޒެޓުގައި 2024 ސެޕްޓެންބަރ 3 ޝާއިޢުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނު 2024/11 ގެ ދަށުން، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް، 2025 އޮކްޓޫބަރު 8 ގައި މި މިނިސްޓްރީއިން ވާނީ އާންމުކޮށް އިޢުލާން(IUL)101-IM/PRIV/2025/2) ކޮށްފައެވެ.

ވީމާ، ޤަވާޢިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯރޓްކުރުމަށް އަމަލުކުރާނެ ގޮތް ތިރީގައި އެވަނީއެވެ.

ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު، މި މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް، މިނިސްޓްރީއަށް ރިޕޯރޓް ކުރުން ، ނުވަތަ
މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ރިޕޯރޓްކުރުން (ހެނދުނު 8:00 – ރޭގަނޑު 8:00 އަށް)، ނުވަތަ
އިމިގްރޭޝަން ވޮޗް (https://imuga.immigration.gov.mv/report-offence) އަށް ރިޕޯރޓްކުރުން
އެގޮތުން ލިބޭ މައުލޫމާތް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި މި މިނިސްޓްރީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން، ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް ގާއިމްކޮށްފައިވާ “ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް” މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެމެވެ.

ބިދޭސީން ޤަވާޢިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ހުށައެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާކަމަށް ދެންނެވީމެވެ. މި އިއުލާނާއިއެކު ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓް އެނެކްސް ކުރެވިފައި އެވަނީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

އިންޖީނުގޭ އަލިފާނުގެ ޙާދިސާގެ ތަހުޤީޤް ފުލުހުން ފަށައިފި

“އޮޕަރޭޝަން އަލިމަގު” މިހާތަނަށް 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

778

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދީންތަކެއް އެހެން ކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލައެއް ބަލަން ފަށައިފި

55

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ޒުވާނަކު ހައްޔަރުކޮށްފި

TTH_advertisement