ކުއްލި ޚަބަރު

އައްޑޫ ބޮޑު ޑްރަގް ނެޓްވޯކް އަތުލައިގަތުން: ބޮޑުންގެ ވަނަވަރު ހާމަކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ހިޔާވަހި ލޯނަށް ލުއިގޮތްތަކެއް ރައީސް ހަމަޖައްސަވައިދެއްވައިފި

ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން މިނިވަންނުކުރެވޭނެ: ރައީސް

ގައުމުގެ ތަރައްޤީއަށް ބޭނުންވާ ފަންނީ ތަޖުރިބާކާރުން ބިނާކުރުން ލާޒިމް ކަމެއް: ޑރ ޢާއިޝަތު ޝިހާމް

ގައުމުގެ ތަރައްޤީއަށް ބޭނުންވާ ފަންނީ ތަޖުރިބާކާރުން ބިނާކުރުމަށް ފެންވަރު ރަނގަޅު ތައުލީމަކީ ކޮންމެހެންވެސް ލާޒިމް ކަމެއް ކަމުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އޮސްޓްރޭލިއާ އެވޯޑްސް ފެއާވެލް އިވެންޓު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ ހުނަރުވެރި ލީޑަރުން ބިނާކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލިއްޔަތުކަން އިތުރުކުރުމުގެ މުހިންމުކަމަށެވެ. އަދި އިޖުތިމާޢީ ޚިދުމަތްތަކާ، ކުޑަކުދިން ރައްކާތެރިކުރުމާ، މިންތީގެ ހަމަހަމަކަމާ، ސިޔާސަތު ކަނޑައެޅުމާއި މުޖުތަމަޢު ބާރުވެރިކުރުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުވަމުން އަންނަކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެންމެން ޝާމިލުވާ، އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމާއި ހަރުދަނާ ކުރުމުގައި މުއައްސަސާތަކުގެ ދައުރު މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr aishath shihaam

ޝާމިލު މުޖުތަމަޢެއް ބިނާކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ: ޑރ. ޢައިޝަތު ޝިހާމް

ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން، 14،000 ގޭބިސީއަކަށް ޒިޔާރަތްކުރެވިފައިވާނެ: ޑރ ޢާއިޝަތު ޝިހާމް

TTH_advertisement