ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ދަފްތަރުވާ ޓެކްސީ ޑްރައިވަރުންނަށް ހައުސިން ސްކީމުން ފުރުސަތު ލިބޭނެ: ރައީސް

ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވާ ޑްރައިވަރުންނަށް ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލޭގެ އެކި ސަރަހައްދުތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެއަވަށުގެ ރައްޔިތުންގެ ކަންބޮޑުވުން އެމަނިކުފާނު ވަނީ އަޑުއައްސަވާފައެވެ. މިބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރުންވެސް ވަނީ އެމީހުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ޓެކްސީ ޑްރައިވަރުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވާނެކަމަށް އެމަނިކުފާނު ވަޢުދު ވެވަޑައިގެންފައިވާކަމަށެވެ. މިވަޢުދުފުޅާ އެއްގޮތަށް ޓެކްސީ ޑްރައިވަރުންނަށް އެކި ހައްލުތައް ގެނެސްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ޓެކްސީ ޑްރައިވަރުން ދަފްތަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“ޓެކްސީ ޑްރައިވަރުންނަށް އެކި ކަހަލަ ހައްލުތައް ގެނެސްދިނުމަކީ އަޅުގަނޑުގެ ވަޢުދެއްވީމަ، އަޅުގަނޑު ވަޢުދުވެފައި އޮތް ގޮތަށް ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް މިހާރު ވަނީ ހުޅުވާލާފައި. މިހާރުވެސް 100 އަށް ވުރެ ގިނަ ޓެކްސީ ޑްރައިވަރުން ދަތުފްތަރުގައި ޖެހިއްޖެ. އެއީ ޤާނޫނީ ހައިސިއްޔަތެއް ލިބިފައި އޮންނަ ދަފްތަރެއް. އޭގައި ޖެހުނީމަ، މި ލިބޭ ފުރުސަތުތަކަކީ ހައުސިން ސްކީމްތަކަށް އެޕްލައި ކުރުން.” ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ވަނީ ޓެކްސީ ޑްރައިވަރުންނަށް ދެމެހެއްޓެނި ގޮތަކަށް އާމްދަނީ ލިބޭނެ ގޮތް މަގުފަހިކުރުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރެވޭ އެއް މަސައްކަތަކީ ޓެކްސީ ލައިންގެ މަސައްކަތްކަން ފާހަގަކުރައްވާ އެ މަސައްކަތުގެ އަދާހަމަ ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވިއެވެ. ރައީސް ވިދާޅުވީ މިހާތަނަށް އެ ޚިދުމަތް ދިނުމަށް 407 ޑްރައިވަރުން ހޯދުމަށް އިޢުލާންކޮށްފައިވާ ކަމަށެވެ. އެގޮތުން ތިމާވެއްޓާއި ރަށްޓެހި 150 ކާރު ގެނެސް އެ މަސައްކަތް ޖެނުއަރީ ނުވަތަ ފެބްރުއަރީ ހިސާބުގައި ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

“މިހާރު މި ހުޅުވާލި ފުރުސަތުގައި އެ އޮންނަ އުސޫލުގެ ތެރެއިން ކޮންމެ ގޮތެއްވިޔަސް ސްޓެޑީ މަންތްލީ ލިބެންޖެހޭ ނުނީ ވީކްލީ ލިބެންޖެހޭ އިންކަމް ލިބޭނެ. އެމީހުންނަށް ޢާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭނެ. އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބޭނެ. ޓެކްސީއަށް އަރާ ފަރާތަށް ވަރަށް ރަނގަޅު ޚިދުމަތެއް ލިބޭނެ. ވަރަށް ރަނގަޅު ކާރުތައް ދުއްވޭނެ. އެންވަޔަރަންމަންޓް ފްރެންޑްލީ ކާރުތަކުގައި މި ދުއްވެނީ. ” ރައީސުލްޖުމްހޫރިއްޔާ

ސަރުކާރުން ތަޢާރަފް ކުރާ ޓެކްސީ ލައިން އޮޕަރޭޓް ކުރާނީ އެމްޓީސީސީ މެދުވެރިކޮށެވެ. މި ޚިދުމަތަށް ޑްރައިވަރުން ހޯދުމަށް މިހާރު އިއުލާންކޮށްފައިވާއިރު، އެކަމަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 17 އާއި ހަމައް ވަނީ ހުޅުވާލާފައެވެ. އޭގެތެރެއިން 285 ޑްރައިވަރުން ހޯދަނީ ފުލްޓައިމްކޮށް ވަޒީފާ އަދާކުރާ ގޮތަށެވެ. އަދި ބާކީ 122 ފަރާތް ހޯދަނީ، ޕާޓް ޓައިމްކޮށް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދީފިނަމަ، އެމެރިކާ ކަންބޮޑުވާކަށް ނުޖެހޭނެ: ރައީސް

taxi

ޑްރައިވަރުންނަށް އެއްފަހަރާ ދެ ސެންޓަރުގައި މަސައްކަތް ކުރެވޭގޮތަށް ހަދައިފި

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

raees muiz

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން: ރައީސް

TTH_advertisement