ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ގުރައިދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ތ.ގުރައިދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ޖޫން މަހުގައި ފަށައި މިއަދު ނިންމާލައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. 106.2 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމާއެކު، 979 ސަރަހައްދުގައި ހިލަ ރިވެޓްމެންޓު ޖެހުމާއެކު، 609 މީޓަރުގެ ސަރަހައްދުގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތްކުރާނެއެވެ.

މިއަދު އެމްޓީސީސީން ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން ހިއްކަންޖެހޭ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމށެވެ. އަދި މިހާރު ކުރިއަށދަނީ ޖިއޯ ބޭގްތައް ފުރުމާއި ޖެހުމުގެ މަސައްކަތެވެ. މިހާތަނަށް މުޅި މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް ނިންމައިލެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ގުރައިދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާއެވެ. އެ ކުންފުނިން ހިންގާ ގޮތަށް އެއާޕޯޓު ތަރައްގީކޮށް ނިންމުމުގެ އެއްބަސްވުމުގައި ސޮއިކުރީ ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހު ގުރައިދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގަައި ޖަލްސާގައި ރައީސް ވިދާޅުވީ ގުރައިދޫ އެއަރޕޯޓު، 2027 ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުއްވައިދެއްވާނެ ކަމަށެވެ.

ގުރައިދޫ އެއަރޕޯޓު ވެގެންދާނީ، އެ ރަށާއި އެ ސަރަހައްދަށް ކުރިއެރުން ހޯދައިދިނުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށް ކަމަށާއި، އެއަރޕޯޓު ތަރައްޤީކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މާދަމާއިން ފެށިގެން 22 މަސް ދުވަހުގެ ތެރޭގައި ނިމޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުރައިދޫގައި އެއަރޕޯޓެއް ބިނާކުރަމުން ދާއިރު ލާމަރުކަޒުކުރާ ޚިދުމަތްތައް އެ ރަށުން ލިބެންޖެހޭނޭކަން ފާހަގަކުރައްވައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް، މި ނޮވެންބަރު މަހު އެ ރަށުގައި ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ރޯދައިގެ ކުރިން ހުޅުވަނީ

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިއްޖެ

ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ: އެމްޓީސީސީ

RTL

އިތުރު އަތޮޅަކަށް އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ތައްޔާރު، މިހާތަނަށް 12 އަތޮޅަށް ވަނީ ފަށާފައި

TTH_advertisement