ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނަޝީދުގެ ހިފެހެއްޓުމެއް ނެތް ތައުރީފް ފައްޔާޒަށް

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން މިރޭ އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާޢީލަށް ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ.

ނަޝީދު ވިދާޅުވީ ފައްޔާޒަކީ ޕާޓީގެ މަސައްކަތުގައި އަބަދުވެސް ހީވާގިކަމާއެކު އުޅުއްވި ބޭފުޅެއް ކަމަށާއި، ޖަލަށް ދާން ޖެހުނު ވަގުތުވެސް ފަސްޖެހިވަޑައިނުގެންނެވި ބޭފުޅެއް ކަމަށެވެ. “ޕާޓީއާ އެކު ފައްޔާޒަށް އިތުރު ކާމިޔާބީއަށް އެދެން” ރައީސް ނަޝީދު ވިދާޅުވިއެވެ.

އިސްތިއުފާ ދެއްވަމުން ފައްޔާޒް ވިދާޅުވީ 2023 ގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާއި ރައީސް ނަޝީދު ވާދަކުރެއްވުމަކީ ޕާޓީއަށާއި ގައުމަށް ބޮޑު ނުރައްކަލެއް ކަމަށް ފެނުމުން، ޙައްލެއް ހޯދަން މަސައްކަތް ކުރެއްވި ކަމަށެވެ. ރައީސް ނަޝީދާ މަޝްވަރާކޮށް ޕްރައިމަރީއެއް ނުބާއްވައި އެއްބަސްވުމަކަށް ވެސް އައިސްފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް ޕާޓީގެ ބައެއް އިސް ފަރާތްތަކުން އެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިޔުމަށް ނިންމުމާ ގުޅިގެން އެތައް އަހަރެއްގެ މަސައްކަތް ބޭކާރުވެ ޕާޓީ ދެފަޅިވި ކަމަށާއި، ނަތީޖާއެއްގެ ގޮތުން ރިޔާސީ އިންތިޚާބު ވެސް ގެއްލުނު ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

Amaan

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާ ފުލުސް އޮފީހަށް ހާޒިރުކުރަނީ

Izaam

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވީ ސައުދު އަލީ

Mm

މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކުރައްވައިފި

TTH_advertisement