ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މިއަހަރު ނިމުމުގެ ކުރިން ވީއައިއޭގެ އާ ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ނިންމާނެ: ޠާރިޤު

Minister Thoriq Ibrahim

މިއަހަރު ނިމޭއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލަށް ބައިނަލްއަޤްވާމީ ހުރިހައި އެއަރލައިނެއް ބަދަލުކުރެވޭވަރުވާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ފަތުރުވެރިކާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން މިހާބޮޑަށް ފުޅާވެގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމުންކަމަށެވެ. މިހާރު އައު ޓަރމިނަލް ފުލީ އޮޕަރޭޝަނަލައިޒްވެގެން ބައިނަލްއަޤްވާމީ އެއަރލައިންތައްވެސް އައު ޓަރމިނަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

“އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއަހަރު ނިމޭއިރު އަންނަ އިންޓަނޭޝަނަލް ހުރިހައި ފްލައިޓްތަކެއްވެސް އައު ޓަރމިނަލުން ޚިދުމަތް ދޭގޮތަށް މަސައްކަތް ފެއްޓިގެންދާނެ. މިއީ ވަރަށް ބޮޑެތި ކުރިއެރުމެއް ރާއްޖޭގެ ފަތުރުވެރިކަމަށް.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަކީ ފަތުރުވެރިކަން ތަރައްޤީވެފައި ނެތް ސަރަހައްދުތަކަށްވުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އެއީ ހއ، ހދ، ށ، ތ، ލ، އަދި އައްޑޫ ސިޓީއެވެ. އެހެންކަމުން މި ސަރަހައްދުތަކުގައި އިތުރަށް ކޮންސިޝަންސް ދީގެން ފަތުރުވެރިކަމަށް ރަށްތަކެއް ހުޅުވާލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

“މިދެންނެވި ކޮންސެޝަންސްގައި ގާތްގަނޑަކަށް 42 ރަށެއް މިވަނީ ހުޅުވާލެވިފައި. އޭގެތެރޭގައި 6 ރަށެއް ވޭ ހަލާލް ޓޫރިޒަމަށް. އެއީ މުޅިން އައު ކޮންސެޕްޓެއް. މިދެންނެވި 6 ރަށް ހުޅުވާލެވުނުއިރު މިހާރު މިވަނީ 1 ރަށް އެވޯޑް ކުރެވިފައި. އޭގެއިތުރަށް އޯޕަން ބޮޑިންއިން 17 ރަށެއް ހުޅުވާލެވިފައި މިވަނީ. އޭގެތެރެއިން 2 ރަށް މިހާރު ވަނީ އެވޯޑްކުރެވިފައި. އަދި 1 ރަށް މިހާރު ވަނީ އެބޭފުޅުންނާއިއެކު ސޮއިވެސް ކުރެވިފައި. އަދި ކްލޯޒް ބިޑިންއިން 19 ރަށެއް މިވަނީ ހުޅުވާލެވިފައި. އަދި އޭގެތެރެއިން 6 ރަށެއް އެވޯޑްކުރެވި 2 ރަށެއް މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެއަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ބޮޑެތި ލުއިތަކެއް ހޯދައިދެވިފައިވާކަމަށެވެ. މި ސަރުކާރުގެ 2 އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 6223 އެނދު ވަނީ އިތުރުކޮށްފައެވެ.

މި ހިނގާ 2025 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މުޅިން އަލަށް 122 ތަނެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. މީގެތެރޭގައި 2 ރިސޯޓް، 1 ޓޫރިސްޓް ހޮޓާ، 87 ގެސްޓްހައުސް، 20 ހޯމްސްޓޭ ޓޫރިސްޓް ގެސްޓްހައުސް އަދި 12 ޓޫރިސްޓް އުޅަނދު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big rjt1zscc75ikihkaqcmruhctj

މިދިޔަ އަހަރު ޕްރައިވެޓް ޖެޓް އަދި ޗާޓަރ ކޮށްގެން 1289 ދަތުރު ކުރި

airport

މިދިޔަ އަހަރު ބައިނަލްއަޤްވާމީ އެއާލައިންތަކުން ރާއްޖެއަށް 15،000 ދަތުރު

Whatsapp image 2025 12 29 at 18.15.58

ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމްއޭސީއެލް އިން ފުލުހުންނާއި އެމްނެޓްސް އާއެކު އެއްބަސްވުމެއް

އައު ޓާމިނަލުން އެއޮރޯފްލޮޓް އެއަރލައިނަށް ޚިދުމަތް ދޭން ފަށައިފި

TTH_advertisement