ހދ. ނޮޅިވަރަންފަރުން ފަތުރުވެރިކަމަށް 12 ބިމެއް ދޫކުރުމަށް އެރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
މި ބިންތައް ދޫކުރުމަށް ނޮޅިވަރަންފަރު ކައުންސިލުންކޮށްފައިވާ ޢިއުލާންގައި ބުނެފައި ވަނީ އެ ބިންތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 25 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެ ކައުންސިލަށް ނުވަތަ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް އަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން ދައުވަތުދޭ ކަމަށެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ހުށަހަޅަން ޖެހެނީ އެކަމަށް ހާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށް 26 ނޮވެމްބަރު 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިންނެވެ.
ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/zy38PC3dXU
މި ބީލަމުގައި ބައިވެރިވުމަށް ބީލަން ފޮތް 27 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 – 13:00 އާއި ދެމެދު ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ރިސެޕްޝަންއިން ނުވަތަ މެއިލް މެދުވެރިކޮށް ލިބޭނެކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުންޏެވެ.
ނޮޅިވަރަންފަރުން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ ތެރެއިން އެންމެ ކުޑަ ބިމުގެ ބޮޑު މިނަކީ 1395 ސްކެއާ މީޓަރެވެ. އެންމެ ބޮޑު މިބުމުގެ ބޮޑު މިނަކީ 6864 ސްކެއާ މީޓަރެވެ. މި ބިންތައް ކުއްޔަށް ދޫކުރާ އެންމެ ކުޑަ އަގަކީ ސްކެއާ މީޓަރެއް 2 ޑޮލަރަށެވެ.
މި 12 ބިމުގައި ތަރައްގީކުރާ ފަތުރުވެރިކަމުގެ ތަންތަނުގައި މަދުވެގެން ޖުމްލަ 610 އެނދު ތަރައްގީ ކުރެވޭނެކަމަށް ނޮޅިވަރަންފަރު ކައުންސިލުން އަންދާޒާކޮށްފައިވާއިރު، މި ބިންތައް ތަކުގެ ތެރެއިން 6864 ސްކެއާ މީޓަރުގެ ބިމުގައި ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި ޓޫރިސްޓް ހޮޓާ ތަރައްގީކުރަންޖެހޭއިރު ބާކީ ބިންތަކުގައި ގިނަވެގެން 24 މަހުގެ ތެރޭގައި ހޮޓާ ތަރައްގީކުރަންޖެހެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް ބީލަން ފޮތެއް ވިއްކާ އަގަކީ 300 ޑޮލަރެވެ.
މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ 27 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ނޮޅިވަރަންފަރު ކައުންސިލުގެ އީމެއިލް [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުކުރުމަށް ނޮޅިވަރަންފަރު ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު