ކުއްލި ޚަބަރު

ދިއްދޫ ރައްޔިތުން އެދުނުގޮތަށް 112 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފި

މާފުށީގައި އަލަށް ހިއްކި ސަރަޙައްދާއި އެ ރަށާ ގުޅާލުމަށް ހަދާ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފި

އެމްޕީއެލް އިން އިއްޔެ 4،135 ޓަނުގެ މުދާ ކްލިއާކުރި، ގިނައީ ކަރާ

“އޯޝަންމޭން” ކަނޑުފެތުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް މާފުށީގައި ބާއްވަނީ

އޯޝަންމޭން ގްލޯބަލް އިވެންޓެއް އަންނަ އަހަރުގެ އޭޕްރީލް މަހު ކ. މާފުށީގައި ބާއްވާނެކަން ސްވިމް މޯލްޑިވްސްއިން އިޢުލާނުކޮށް، ތައްޔާރީތައް ފަށައިފިއެވެ.

އޯޝަންމޭން އަކީ ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ސްވިމިން ފްރެންޗައިސް މުބާރާތެވެ.

މި މުބާރާތް ވާނީ ރާއްޖޭގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ކަނޑުފެތުމުގެ މުބާރާތަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮކްޓޫބަރު މަހު ވަނީ ހުޅުވާލާފައެވެ.

މުބާރާތުގައި ހަ ކެޓަގަރީއަކުން ފެތުމުގެ ހަރަކާތް ކުރިއަށް ގެންދާނެއެވެ. އެއީ، 10 ކިލޯމީޓަރު، ފަސް ކިލޯމީޓަރު، ދެ ކިލޯމީޓަރު، އޯޝަންފިންސް ދެ ކިލޯމީޓަރު، އޯޝަން ޓީމްސް އަދި އޯޝަން ކިޑްސްއެވެ.

މުބާރާތުގައި ވާދަކުރެވޭ އެންމެ ހަގު އުމުރުފުރައަކީ 9 އަހަރުން ދަށެވެ. އެއީ އޯޝަން ކިޑްސްގެ ކެޓަގަރީއެވެ. އެ ކެޓަގަރީގައި 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، އަދި 15 އަހަރުން ދަށް ހިމެނެއެވެ.

މުބާރާތުގައި ވާދަކުރާނެ އެންމެ ދޮށީ އުމުރުފުރައަކީ 70 އަހަރުން މައްޗަށް އަމާޒުކޮށްފައިވާ މާސްޓަސް ކެޓަގަރީއެވެ. މާސްޓަސް ކެޓަގަރީގެ ޖުމްލަ ހަ އިވެންޓެއް އެކި އުމުރުފުރައަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އުމުރުފުރާތަކުން އެންމެ މޮޅު 10 ފެތުންތެރިން އޯޝަންމޭން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އަދި، ކޮންމެ އުމުރުފުރައަކުން އެންމެ މޮޅު ތިން ފެތުންތެރިންނާއި، މުޅި ރޭހުގެ އެންމެ މޮޅު ތިން ފެތުންތެރިން ހޮވުމަށް ހަމަޖެހިފައިވާކަމަށް ސްވިމް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

އޯޝަންމޭން ކަނޑުފެތުމުގެ މުބާރާތް ފެށީ މީގެ 10 އަހަރު ކުރިންނެވެ. މީގެ އިވެންޓުތައް ކޮންމެ އަހަރަކު ވެސް ތަފާތު 26 ގައުމެއްގައި ކުރިއަށްގެންދެއެވެ.

ސްވިމް މޯލްޑިވްސްއިން ބުނީ އޯޝަންމޭންގެ ރަސްމީ ވެބްސައިޓުން މުބާރާތުގެ އިތުރު މަޢުލޫމާތު ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

މާފުށީގައި އަލަށް ހިއްކި ސަރަޙައްދާއި އެ ރަށާ ގުޅާލުމަށް ހަދާ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލެ ވޯޓާ ތީމް ޕާކަށް ހުއްދަނެތި ވަން މީހަކު ހަތަރު މަހަށް ޖަލަށްލައިފި

TTH_advertisement