ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓޫންތަކެއް ވަގަށް ނަގައިފި

778
ކަސްޓަމުން މީގެ ކުރިން އަތުލައިގަތް ސިނގިރޭޓް–

ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ކާޓުންތައް ވަގަށް ނަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށާއި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމާއި ކަށަވަރުކުރަންޖެހޭ ކަންކަން ކުރިއަށްދާ ކަމަށެވެ.

އެނގިފައިވާގޮތުގައި ވިލިމާލެ ޕޮލިސް ސްޓޭޝަނުން ވަގަށް ނަގާފައިވަނީ މެންޗެސްޓާ ބްރޭންޑުގެ 31 ކާޓުން ސިނގިރޭޓެވެ. މި ސިނގިރޭޓުތަކަކީ ފުލުހުން ތިލަފުށިން ހޯދާފައިވާ ސިނގިރޭޓުތަކެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ސިނގިރޭޓު ތައް ވިލިމާލެ ޕޮލިސް ސްޓޭޝަން ގައި ބަހައްޓާފައި ހުރީ ފޮށިގަނޑެއްގެ ތެރޭގައެވެ.

މި ސިނގިރޭޓުތައް ގެއްލުނުކަން އެނގުނީ އެ ފޮށިގަނޑު ހުޅުވާފައި ހުރުމުން، ފުލުހުން އެ ފޮށިގަނޑު ބަލާ ފާސްކުރުމުންނެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުރި 13 މިލިއަން ސިނގިރޭޓް ކޮންޓެއިނަރާއެކު ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލާގައި ބިޑެތި ބައެއް ވިޔަފާރިވެރިން ހިމެނޭހެން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ދިގުރަށުގައި ބިދޭސީން ސަލާމަތްކުރަން ޖެހުނީ ގޭގެ ފާރުތަޅާލަން: ފުލުހުން

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި

Iu

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

police

މާފަންނުގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަނީ