ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އޮކްޓޫބަރު 3 ގެ މުޒާހަރާ އިން ހައްޔަރު ކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

778

މިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނިގޮތުގައި އެ މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ އެ އޮފީހަށް ފޮނުވާފަ އެވެ. އެ މީހުންނަކީ:

  • 1- ހުސައިން ޝާކިރު
  • 2- ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
  • 3- ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް
  • 4- ކ. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  • 5- އަޒީމް އަލީ
  • 6-އަލީ ޖުމާން
  • 7-މުހައްމަދު ހަލަފް އިބްރާހީމް

ޕީޖީ އޮފީހުން ބުނީ އެ މީހުންނަށް ދެ ކުށެއްގެ ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ހުށަހެޅި ކަމަށެވެ. އެ ދައުވާތަކަކީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

ނަމަވެސް މި މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ބެލިއިރު، ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނާތީ، ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ދައުވާ ނުކުރަން ނިންމި ސަބަބަކީ: ތުހުމަތުކުރެވޭ އަމަލުތައް އެ މީހުން ހިންގާފައިވަނީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭތީ އާއި އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ އެވެ.

އެ މުޒާހަރާއާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާ ފުލުސް އޮފީހަށް ހާޒިރުކުރަނީ

990

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މ. އަތޮޅު މަދަރުސާގެ ކުރީގެ ޓީޗަރެއްގެ މައްޗަށް ދައުވާކޮށްފި

Adheel

ގޭސް މާނުގެ މައްޗަށް ސާބިތު ނުވި ދައުވާތައް އިސްތިއުނާފު ކުރަނީ

Izaam

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވީ ސައުދު އަލީ

TTH_advertisement