ކުއްލި ޚަބަރު

ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމުން ކުރީގެ ރައީސް ވަހީދު އިސްތިއުފާ ދެއްވައިފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސްއެއް ހަދިޔާކޮށްފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ

ޖަޕާނުގެ އެކި ޖަމްޢިއްޔާތަކުގެ ބައިވެރިވުމާއެކު ދެޤައުމުގެ ގުޅުންދަނީ ބަދަހިވަމުން: ސާޖިދާ

ޖަޕާން އޮވަރސީސް ކޯޕަރޭޝަން ވޮލަންޓީއަރސް އަދި ޖަޕާނު ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މާނަވީ މަސައްކަތްތަކުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ޖަޕާނުގެ ދެޖަމްޢިއްޔާއަކާއެކު މުލިއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ އަދި ޖަޕާން އޮވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރސްއާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް މެދުކެނޑުމެއްނެތި އެކި ގޮތްގޮތުން ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ޖަޕާން އޮވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރސްގެ ފަރާތުން ރަށްރަށުގައި ކުރިއަށްގެންދަވާ ޕްރޮގްރާމްތަކުގެ ސަބަބުން އަންނަ މާނަވީ ކުރިއެރުމާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ޖަޕާން އޮވަރސީސް ކޯޕަރޭޝަން ވޮލަންޓީއަރސްގެ ބައިވެރިންވަނީ ރާއްޖޭގައި ކުރިއަށްގެންދަވާ އެކި ޕްރޮގްރާމްތަކުގައި ލިބިގެންދާ ތަފާތު ތަޖުރިބާގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަޖްޢިއްޔާއިން އަންނަނީ ސްކޫލްތަކުގައި ކިޔަވައިދިނުމާއި، ރާއްޖޭގެ އެކި ޖަމްޢިއްޔާތަކާއެކު ގުޅިގެން މަސައްކަތްކުރަމުންނެވެ.

މީގެ އިތުރުން ސިއްޙީ ދާއިރާއަށާއި، ސްކޫލްތަކުގެ އިތުރު ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހޭންޑްބޯލްއާއި ބޭސްބޯލްއާއި އެތްލެޓިކްސްގެ ހަރަކާތްތަކުގައިވެސް އެޖަމްޢިއްޔާއިންދަނީ އެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހަމައެއާއެކު މިއުޒިކާއި، ވޮކޭޝަނަލް ދާއިރާއިން އަދި އަތްތެރިއެކި މަސައްކަތްތަކާއި ކަލިނަރީގެ ފަންނުގައިވެސް އަންނަނީ މުޖުތަމަޢުގެ އެކި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިބައްދަލުކުރެއްވުމުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީގެ ޑިރެކްޓަރ، އިޝިގަމީ ރުމިކޯވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޖަޕާން އޮވަރސީސް ކޯޕަރޭޝަން ވޮލަންޓީއަރސްއިން އަންނަނީ 1982 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. އެޖަމްޢިއްޔާގެ 350 އަށްވުރެ ގިނަ ވޮލަންޓިއަރުންދަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސްއެއް ހަދިޔާކޮށްފި

ޖަޕާނުން ކަސްޓަމްސްއަށް 82 ފޫޓުގެ ޕެޓްރޯލް އުޅަނދެއް ހަދިޔާކޮށްފި

madam saajida

ކުލުނުވެރިކަމާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަން ދިނުން މުހިންމު: ފަސްޓް ލޭޑީ

ޖަޕާނުން ދިވެހި ފުލުހުންނަށް ފަސް ލޯންޗު ހަދިޔާކޮށްފި

TTH_advertisement