ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ފައްޓަވަނީ

ސަރުކާރަށް ދެ އަހަރު ފުރުމުގެ ހަފުލާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލޭގައި އުޅޭ މީހުންނާއި ވިޔަފާރިވެރިންނާ އެކު އަންނަ ހަފުތާ އިން ފެށިގެން ބައްދަލު ކުރައްވަން ފަށްޓަވާނެ ކަމަށެވެ.

ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ރައްޔިތުންނާ މިދިޔަ ދެ އަހަރުގެ ތެރޭގައި ބައްދަލު ކުރައްވާފައިވާތީ، ދެން އޮތީ މާލޭގެ އަވަށްތަކާއި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން ބަހާލައިގެން ބައްދަލުވުންތައް ބާއްވަން ފައްޓަވާނީ އަންނަ ހަފުތާގައި ކަމަށާއި، ވަގުތު ލިބިވަޑައިގަންނަވާ ވަރަކުން ހަފުތާއަކު ދެ ދުވަހު ވެސް ބައްދަލު ކުރެއްވޭތޯ ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ވެސް ބައްދަލުވުންތަކެއް ވަރަށް އަވަހަށް ފައްޓަވަން ނިންމަވާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

މާލޭގައި ކަންކަން ރަނގަޅަށް ނުދާ މައްސަލަތައް އެކި ފަރާތްތަކުން ހިއްސާކުރަމުން ގެންދާތީ، މާލޭގެ މޭޔަރުކަން ކުރެއްވި އިރު އަމަލުކުރި ގޮތަށް ސަރުކާރާއި ރައްޔިތުން ގުޅިގެން ކަންކަން ފަހިކުރުމުގެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަޕްލޭން އެކުލަވައިލުމުގެ މަސައްކަތުގައި 191 މަޝްވަރާ ބައްދަލުވުމާއި، 100 އަށް ވުރެ ގިނަ މުއައްސަސާއާ އެކު މަޝްވަރާކޮށް، 19 އެކްސްޕާޓް ރައުންޑް ޓޭބަލް ޑިސްކަޝަން އާއި 96 ފޯކަސްޑް ގުރޫޕް މީޓިން ބާއްވާފައިވާ ކަމަށާއި، މި ޕްލޭންގެ ފުރަތަމަ ޑްރާފްޓް އަންނަ އަހަރުގެ ފެބްރުއަރީ މަހު ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް